ހޮލީވުޑްގެ މަޝްޙޫރު ލަވަ ކިޔުންތެރިޔާ ސެލީނާ ގޮމޭޒާއި ޒޭން މާލިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
ބޭރުގެ މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މި ދެފަންނާނުން ވަނީ އެމެރިކާގެ ނިއު ޔޯކުގެ ރެސްޓޯރެންޓަކުން އެކުގައި ފެނިގެން ގޮސްފައި ކަމަށެވެ. އަދި މި ދެފަންނާނުން އަތު ގުޅާލައިގެން ހިނގާފައިދާ މަންޒަރު ފެނިފައިވާ ކަމަށް ވެސް ބައެއް ފަރާތް ތަކުން ވަނީ ހާމަކޮށްފައެވެ.
މި ފަހުން މި ދެފަންނާނުން ވެސް ވަނީ އެކަކު އަނެކަކަށް އިންސްޓަރ ގްރާމް އިން ފޮލާ ކުރަން ފަށާފައެވެ. މިޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މި ކަމުން ވެސް މި ދެފަންނާނުންގެ ގުޅުން ކަށަވަރު ވެގެންދާ ކަމަށެވެ.
މަޝްޙޫރު މޮޑެލް ޖިޖީ އާއި ގިނަ އަހަރު ތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހުގައި ޒޭން ވަނީ 2022 ވަނަ އަހަރުގައި އެގުޅުން ނިންމާލާފައެވެ.