ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލް ރާޖްކުމާރު ރާއޯ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް އާއްމުން ތުހުމަތު ކުރަން ފަށައިފިއެވެ.
ނަމަވެސް މި ވާހަކަތައް ރާޖްކުމާރު މިފަހުން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ވަނީ ދޮގުކޮށްފައެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާ އަކީ ދުވަހަކު ވެސް ޕްލާސްޓިކް ސާޖަރީއެއް ކޮށްފައިވާ މީހެއް ނޫން ކަމަށެވެ.
އަދި މީހުން މިފަދަ ވާހަކަ ދައްކަނީ ކީއްވެކަމެއް އޭނާއަކަށް ނޭނގޭ ކަމަށާއި އޭނާ އެކަހަލަ ކަމެއް ކުރަން ދުވަހަކު ވެސް ނުވިސްނާ ކަމަށެވެ.
އުމުރުން 38 އަހަރުގެ ބަތަލް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި ”އިސްތިރީ“ އާއި ”ނިއުޓަން“ އާއި ”ބެރިލީ ކީ ބަރްފީ“ ފަދަ ފިލްމުތައް ހިމެނެއެވެ.