އާޝީޤީ 2 ގެ ބަތަލް އަދިތްޔާ ރޯއީ އަދި ކައިވެންޏަކާއި ދޭތެރޭ ނުވިސްނާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ އާއި ލޯބީގެ ގުޅުމެއް އަދިތްޔާ އޮންނަ ކަމަށް ބުނެ މީޑިއާއިން ފެތުރެމުން ދާ ވާހަކައަށް ރައްދު ދެމުން އަދިތްޔާ ވަނީ އޭނާ އަދި މީހަކާއި އިންނަން ހިޔާލު ނުކުރާ ކަމަށް ހާމަކޮށްފައެވެ.
އަދި މި ދުވަސްވަރު މި ދާއިރާގެ ގިނަ މީހުން ކައިވެނި ކުރަމުން ދާކަމަށާއި ނަމަވެސް އޭނާ މި ވަގުތު އަދިވެސް ހުރީ ފިލްމީ ދާއިރާއަށް ވަގުތު ހުސްކޮށްގެން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އަނަންޔާ އާއި އަދިތްޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަ މި ދެ ފަންނާނުން ވެސް ދޮގު ކޮށްފައެއް ނުވެއެވެ. މީޑިއާ ތަކުން ހާމަކުރާ ގޮތުގައި މި ދެފަންނާނުން ވަނީ 2022 ވަނަ އަހަރުގައި ލޯބީގެ ގޮތުން ގުޅިފައި ކަމަށެވެ.