އިންޑިއާގެ ކުޑަ މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހި ވެއްޓިއްޖެއެވެ.
އެ ބޯޓު ވެއްޓުނީ އެއާޕޯޓުން ނައްޓާލިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހުމުގެ ސަބަބުންނެވެ.
ބޯޓު ވެއްޓުމުގެ ސަބަބުން ޕައިލެޓާއި އޭގައި އިން އެހެން މީހަކަށް ވަރަށް ބޮޑަށް ވަނީ ހާނީއްކަވެފަ އެވެ. އަދި ބޯޓު ވަރަށް ބޮޑަށް ހަލާކުވި އެވެ.
ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހަވާދީ އިންޑިއާގެ މީޑިއާތަކުން ބުނިގޮތުގައި އިންޑިއާގެ ދަންބާދުއޭ ކިޔާ ރަށެއްގައި ހިނގި އެ ހާދިސާގެ ސަބަބުން މީހުން ދިރިއުޅޭ އިމާރާތުގައި އުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އޮޅުން ފިލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުން އެބަދެއެވެ.
އިންޑިއާއަކީ ހެލިކޮޕްޓަރާއި މަތިން ދާބޯޓު ވެއްޓުމުގެ ހާދިސާތައް ވަރަށް ގިނައިން ހިނގާ ގައުމެކެވެ.