ރާއްޖެއިން ބޭރުން ގެންނަ ކާށި ޝިޕްމަންޓް ހޯމަ ދުވަހު ލިބޭނެ ކަމަށާއި ކާށްޓެއް ވިއްކަން ނިންމާފައިވަނީ 6 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ރާއްޖެއިން ބޭރުން ކާާށި ގެންނަން އެސްޓީއޯއިން ނިންމީ ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑުވެ އަގު ދަށަށް ނުދިޔުމާ ގުޅިގެންނެވެ.
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ކާށި ޝިޕްމަންޓް އަންނަ ހޯމަ ދުވަހު ލިބޭނެ ކަމަށެވެ. އަދި އެ ކުންފުނިން ކާށްޓެއް ވިއްކަން ނިންމާފައިވަނީ 6 ރުފިޔާއަށް ކަމަށެވެ.
ރަމަޟާން މަހާ ދިމާކޮށް ބާޒާރުގައި ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު, އަގު އެންމެ ބޮޑަށް އުފުލުނު އެކައްޗަކީ ކާށްޓެވެ. ކާށީގެ އަގު ވަނީ 30 ރުފިޔާއަށް އަރައިފައެވެ. ރާއްޖެއިން ކާށި ލިބުން ދަތިވެފައިވާތީ މިހާރު ވެސް އިންޑިއާއިން ކާށި ގެނެސްގެން ބާޒާރުގައި އެބަ ވިއްކައެވެ.
އެންމެ އާދައިގެ މީހާއަށްވެސް ލިބޭނެހެން ވިއްކިއްޔާ ރަނގަޅު.. ވަކި ބަޔަކަށް ފައިދާ ވާނެހެން ވިޔަފާރިއަށް ވިއްކުން ހުއްޓުނީމަ އެންމެނަށްވެސް 6 ރުފިޔާއަށް ކާއްޓެއް ލިބޭވަރު ވާނީ..