ރޯދަ މަހަކީ ގިނަ ބަޔަކު ހާމަކުރާ ގޮތުގައި ބަރުދަން ލުއި ކުރުމަށް އުނދަގޫ މަހެއް ގޮތުގައެވެ.
ނަމަވެސް ރޯދަ މަހަކީ ބަރުދަން ލުއިކޮށް ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ލިބޭ ރަނުގެ ފުރުސަތެވެ.
އެގޮތުން ރޭގަނޑުގެ ވަގުތުގައި ގިނައިން ފެން ބުއިމުގެ ސަބަބުން ބަނޑު ފުރޭ ގޮތްވެ، ރޭގަނޑު މާގިނައިން ފޮނިތަކެތި ކާހިތްވުން ކޮންޓްރޯލް ކުރުމަށް ވެސް މުހިންމު ކަމެކެވެ.
މުޅި ދުވަހު ނުކައި ހުންނަން ޖެހުމާއެކު މުޅި ދުވަސް ބިނާވެފައި އޮންނަނީ ހާރުގެ މައްޗަށެވެ. ހާރު ކެއުމަށް ކާބޯހައިޑްރޭޓްސް ހުންނަ ކާނާ ބޭނުން ކުރުމުން ދުވާލު ބަނޑުހައިވުން ކުޑަކުރުމަށާއި ލޭގައި ގުލްކޯޒްގެ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް އެހީވެދެއެވެ.
އަދި ރޯދަ ވީއްލުމުގައި ތަރުކާރީ އާއި މޭވާގެ ބާވަތް ގިނަ ކޮށް ތެޔޮ ކާއެއްޗެއްސާއި އަދި ހަކުރުން ފުރިފައިވާ ޖޫސްތައް ބުއިމުން ދުރުހެލިވާށެވެ. އަދި ރޯދަ ވީއްލުމަށް ފަހު ބައި ގަޑިއެއްހާއިރު ފަހުން ލުއި ކަސްރަތެއް ކޮށްލާށެވެ.