ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޝާރުޖާގައި ރަމަޟާން މަހު ނަމާދު ގަޑިތަކުގައި އާންމުންނަށް ހިލޭ ޕާކު ކުރެވޭގޮތަށް ހަމަޖައްސައިފި އެވެ.
ފަސް ނަމާދުން ކުރެ ކޮންމެ ނަމާދެއްގައި ވެސް އެއްގަޑި އިރު ވާނދެން ފީއެއް ނުނަގައި ޕާކުކުރެވޭނެ އެވެ.
ޝާރުޖާ މުނިސިޕަލްޓީގެ ޑިރެކްޓަރު ޖެނެރަލް ޢުބައިދު އަލް ނާޖީ ވިދާޅުވީ ބައެއް ގަޑިތަކުގައި ކާރު ޕާކިންއަށް ފީއެއް ނުނަގާނެ ގޮތެއް ހަމަޖެއްސީ އަޅުކަންކުރާ މީހުންނަށް ހަމަޖެހިގެން ތިބެ ނަމާދުކޮށް އަޅުކަން ކުރެވޭނެ މަގެއް ފަހިކޮށްދިނުމަށެވެ.
ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖެއްސިޔަސް ޕާކިން ޒޯންތަކުގައި އިންސްޕެކްޓަރުން ޑިއުޓީގައި ތިބޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެއީ ގަވައިދާ ޚިލާފަށް ޕާކުކުރުމުގެ އިތުރަށް ގަވައިދާ ޚިލާފަށް ކުރާ އެހެންހެން ކަންތައްތައް ހުއްޓުވުމަށެވެ.
މުނިސިޕަލްޓީން ބުނީ ރޯދަމަހު އިންސްޕެކްޝަން ޓީމުތައް 24 ގަޑިއިރު މަސައްކަތް ކުރާނެ ކަމަށެވެ.
މުނިސިޕަލްޓީން 7 އިންސްޕެކްޝަން ކެމްޕޭނެއް ރާވާފައިވާއިރު، އެ ކެމްޕޭނުން ކާބޯތަކެތީގެ ވިޔަފާރިކުރާ ހުރިހާ ފިހާރަތަކާއި އާންމު ތަންތަނުގައި ކަންތައްތައް ހިނގަމުން ދަނީ ގަވައިދާ އެއްގޮތަށްތޯ ބަލަމުންދާނެ އެވެ.
މުނިސިޕަލްޓީން ބުނީ އިންސްޕެކްޝަން ޓީމުތަކުން ހުރިހާ ރެސްޓޯރެންޓެއްގައި ސްޓޮކްކޮށްފައި ހުންނަ ކާބޯތަކެތީގެ ކޮލިޓީ ޗެކްކޮށް ޣައިރު މުސްލިމުންނަށް ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އާންމު ޕާކުތަކުގައި ލައިސަންސް ނެތި ފޭލިގެ ޖަހައި އަޑުގަދަކުރާ ސްޕީކަރުތައް ބެހެއްޓުމުގެ ހުއްދައެއް ނުދެވޭނެ ކަމަށެވެ.
ކޮބާ މޯލްޑިވްސް ޕޮރޮފެޝަނަލް ސަރވިސް ފެނޭތަ ޕޮރޮފެޝަނަލް ސާވިސް