ބޮލީވުޑްގެ މަޝްޙޫރު ލަވަ ކިޔުންތެރިޔާ އާތިފް އަސްލަމް އާއި އަންހެނުން ސާރާ ބަރްވަނާއަށް ތިން ވަނަ ކުއްޖަކު ލިބިއްޖެއެވެ.
އާތިފްގެ އިންސްޓަރ ގްރާމް އެކައުންޓު މެދުވެރިކޮށް އާތިފް ވަނީ އޭނާގެ ދަރިފުޅުގެ ފޮޓޯއެއް އާއްމުކޮށްފައެވެ. ދެ ފިރެހެން ކުދިންއަށް ފަހު އާތިފްއަށް އަންހެން ކުއްޖެއް ލިބުމުން އެކަމާއި އޭނާ އުފާވާ ކަމަށާއި ކުއްޖާ އަދި އަންހެނުންގެ ހާލު ވެސް ރަނގަޅު ކަމަށް އާތިފް ވަނީ ހާމަކޮށްފައެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އުފަންވި އާތިފްގެ ތިންވަނަ ކުއްޖާއަށް ހަލީމާ އާތިފް އަސްލަމް ކިޔާފައިވާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އާތިފް އާއި ސާރާގެ ފިރެހެން ދެކުދިންއަކީ އަބްދުލްއަހަދާއި އާރްޔަން އަސްލަމެވެ.
ބޮލީވުޑްގައި މަޝްޙޫރު އެތައް ލަވައެއް ކިޔާފައިވާ އާތިފްގެ މަޝްޙޫރު ލަވަ ތަކުގެ ތެރޭގައި ތޭރޭ ލިޔޭ، ޖީނޭ ލަގާ ހޫން، ތޭރާ ހޯނޭ ލަގާ ހޫން، ޕެހްލީ ނަޒަރު މޭ ފަދަ ލަވަތައް ހިމެނެއެވެ.