ބޮލީވުޑްގެ ބަތަލް ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.
އެގޮތުން ސަލްމާންގެ ކުރިއަށް އޮތް ފިލްމު ”ކިސީ ކީ ބާއި ކިސީ ކީ ޖާން“ ގެ ލަވަތައް ރިލީޒް ކުރުމާއި އެކު އާއްމުންގެ ގިނަ ބަޔަކު ދަނީ ސަލްމާންގެ އެކްޓިން ކަމުނުދާ ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.
އެގޮތުން އުމުރަށް ވުރެ ހަގު ކުދިން އެކުގައި ފިލްމު ކުޅޭ ކަމަށާއި ފިލްމީ ދާއިރާއިން ދުރަށް ދިއުމަށް ވެސް ބައެއް ފަރާތް ތަކުން ދަނީ ބުނަމުންނެވެ. އިންޑިއާގެ މީޑިއާ ތަކުން ވަނީ މި ފިލްމު ފްލޮޕް ވެދާނެ ކަމުގެ ބިރު ވެސް އެބަ އޮތް ކަމަށް ހާމަކޮށްފައެވެ.
ސަލްމާން އާއި ޕޫޖާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ހާއްސަ ރޯލަކުން ޝެހެނާޒް ގިލް ވެސް ފެނިގެން ދާނެއެވެ. މި ފިލްމު ސެނަމާ ތަކުގައި އަންނަ އޭޕްރީލް 23 ގައި އަޅުވަން ވަނީ ހަމަ ޖެހިފައެވެ.