ކައިވެންޏަށް ފަހުގައި ވެސް މިނިވަންކޮށް އުޅެވޭތީ އެކަމާއި އުފާވާ ކަމަށް ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހާމަކޮށްފިއެވެ.
ކަރީނާ ހާމަކޮށްފައިވާ ގޮތުގައި ފިލްމީ ދާއިރާގައި ކުރިއާއި މިހާރު ވަރަށް ތަފާތު ކަމަށާއި މީގެ ކުރިން ކައިވެންޏަށް ފަހު އަންހެން ކުއްޖާ ފިލްމު ތަކުން ޖާގަ ނުލިބުމާއި މި ދާއިރާއިން ދުރަށް ދާން ޖެހޭ ކަމަށެވެ.
ނަމަވެސް މިހާރު ކައިވެނި ކޮށްގެން ވެސް މި ދާއިރާއިން ކުރިއަށް ދާން ބޭނުން ވަރަކަށް ދެވޭ ކަމަށާއި ކައިވެންޏަށް ފަހު ދަރިން ލިބިގެން ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފުރުސަތު ލިބޭ ކަމަށެވެ.
މި ކަމަކީ މިއަދު އުފާވާ ކަމެއް ކަމަށާއި އަންހެނުން އަށް މި ދާއިރާއިން ހާއްސަ އިސްކަމެއްދޭ ކަމަށް ވެސް ކަރީނާ ވަނީ ހާމަކޮށްފައެވެ.