ހުކުރު, ޖޫން 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އައްޑޫގައި އިސްލާމިކް ސެންޓަރެއް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
މާރޗް 24, 2023
ޚަބަރު
0
އައްޑޫގައި އިސްލާމިކް ސެންޓަރެއް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި

އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކާ އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ރާއްޖެ ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާ ކަމަށާއި، ރާއްޖެއަށް އަންނަ ތަރައްޤީ ދީނީ ޢިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު އިމާރާތްކުރެވޭ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ ޑިޒައިނަށް އައިސްފައިވާ ބަދަލު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލެއިން ބޭރުގައި އެއްވެސް ޕްރޮޖެކްޓެއް ބަޔަކާ ހަވާލުކުރުމަށް މިހާތަނަށް ސޮއިކުރެވިފައިނުވާކަމަށާއި އެހެންނަމަވެސް އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު ގާއިމްކުރުމަށްޓަކައި މިފަދަ އެއްބަސްވުމެއް މިވެވުނީ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ.

އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްވެގެން ދިއުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން އުންމީދަކީ އެއްބަސްވުމުގައި ވާގޮތަށް ކޮންޓްރެކްޓަރ މި މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ މުައްދަތުގައި ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

‎2 ފަންގިފިލާ ހިމެނޭ މި ޢިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހަކާއި، އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެއެވެ. މި މަޝްރޫޢު ފީޑޯއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރާއި ދެމަސް ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

‎އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ވަޑައިގެން އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.

ނައިބު ރައީސް ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، މިހާރު އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާވެ ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ހޮސްޕިޓަލު އިތުރަށް ތަރައްޤީކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތައް ފާހަގަކުރައްވައި ހޮސްޕިޓަލަށް އިންސާނީ ވަޞީލަތް އަދިވެސް އިތުރަށް ބޭނުންވާކަމާއި މީގެ އިތުރުން ވެސް ޚިދުމަތުގެ ގޮތުންނާއި ވަޞީލަތުގެ ގޮތުން އިތުރަށް ބޭނުންވާކަންކަން މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ފާހަގަކުރެއްވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ޙައްލު ހޯދެން ހުރިކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އައްޑޫސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ.

ގުޅުންހުރި ލިޔުންތައް

ގާދިއްފުށްޓާއި ހުރަޔާއި ފޭދޫގެ ބަނދަރު އަޕްގްރޭޑް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ގާދިއްފުށްޓާއި ހުރަޔާއި ފޭދޫގެ ބަނދަރު އަޕްގްރޭޑް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ޖޫން 2, 2023
ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސްކޮލަރޝީޕްގެ 2 ވަނަ ބުރު ފައްޓަވައިފި

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސްކޮލަރޝީޕްގެ 2 ވަނަ ބުރު ފައްޓަވައިފި

ޖޫން 2, 2023
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމައިފި

150،000 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނާއެކު ފިލި ޓެކްސީ ފުލުހުން ހޯދައިފި

ޖޫން 2, 2023
މިނިސްޓާރ އަމީން އިސްތުފާ ދެއްވާ – ގާސިމް

ޗާގޯސް މައްސަލައިގައި ގާސިމް އިބްރާހީމްގެ ދެއުޅިއަށް ނުވާ ސިޔާސަތު

ޖޫން 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ނަޢީމާ މަރައިލުމަށް ބޭނުންކުރި ތޫނު ދެ ހަތިޔާރާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In