ބޮކްސް އޮފީހުގެ ކާމިޔާބު ފިލްމު ”ޕަތާން“ އެމެޒޯން ޕްރައިމަށް ދޫކޮށްލައިފިއެވެ.
ބޮލީވުޑްގެ ކިންގް ޝާޙް ރުކް ޙާން، ބަތަލާ ދީޕިކާ ޕަދްކޯންގެ އިތުރުން ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެން ދިޔަ މި ފިލްމަކީ 130 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ފިލްމެކެވެ.
ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި މި ފިލްމަކީ ބޭރުގެ އެތައް ގައުމެއްގައި ޝޫޓްކޮށް، ހައުސްފުލް އެތައް ޝޯއެއް ބޭރުގެ އެތައް ގައުމެއްގައި ދައްކާފައިވާ ފިލްމެކެވެ.
ޝާޙްގެ އިންސްޓަރ ގްރާމް އެކައުންޓުގައި ހާމަކޮށްފައިވާ ގޮތުގައި މިއަދު އެމެޒޯންއަށް ދޫކޮށްފައިވާ މި ފިލްމު ބޮޑު ސްކްރީނުގައި ދެއްކި އިރު، ނުހިމެނޭ ބައެއް މަންޒަރުތައް ވެސް ސްޓްރީމިންގައި ހިމެނޭނެ ކަމަށެވެ.
މި ފިލްމާއި އެކު ޝާޙްގެ ބްލޮކް ބާސްޓާރ ފިލްމު ތަކުގެ އަދަދު 11 އަށް އަރާފައިވާ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.