ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން ކަމަށާއި އެއީ ނާކާމިޔާބީގެ އަސްލު ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ކުރާ ދަތުރުގައި ތަންފީޒުކުރުމަށް ވައުދުވާ ސިޔާސަތު އެކުލަވައިލުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އަދި ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން ކަމަށާއި އެއީ ނާކާމިޔާބީގެ އަސްލު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހާރު ނިންމަވާފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު މަސައްކަތް ކުރެއްވުމަށެވެ. އެ ގޮތުން އެ ޕާޓީއާއެކު ނަޝީދުގެ ފެކްޝަނުން އަންނަނީ މެނިފެސްޓޯއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.