ރާއްޖެއާއި އަރަބި ގިނަ ގައުމުތަކުން ބުރާސްފަތި ދުވަހު ރޯދަހިފަން ފެށިޔަސް ލަންކާ، އިންޑިއާ، ޕާކިސްތާނުގެ މުސްލިމު ރައްޔިތުން ރޯދަ ހިފަން ފަށާނީ ހުކުރު ދުވަހުއެވެ.
ރަމަޟާން މަހުގެ ހަނދު ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން އަންގާރަ ދުވަހުގެ ހަވީރު ފެނިފައި ނުވާތީ އެ ދެ ގައުމުން ވެސް ރަމަޟާން މަހުގެ ފުރަތަމަ ރޯދައަށް ތިބެނީ މި ބުރާސްފަތީގަ އެވެ.
ރަމަޟާންމަހުގެ ހަނދު ފެނޭތޯ ސައުދީ އަރަބިއްޔާއިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް ހަނދު ފެނުނު ކަމަށް އެއްވެސް މީހަކު ހެކިބަސް ދީފައެއް ނުވެ އެވެ.
ހަނދު ބެލުމަށް ބޭނުންވާ އޮޓޮމެޓިކް އިލެކްޓްރޯނިކް ސިސްޓަމެއް ވެސް ތައާރަފްކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ޖަސްޓިސް މިނިސްޓްރީން އިއުލާންކޮށްފައި ވެއެވެ.
ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރޯދަ މަހުގެ ހަނދު ފެނިފައި ނުވާތީ ކަމާ ބެހޭ އިދާރާތަކުން ނިންމީ ބުރާސްފަތި ދުވަހު ރޯދަ ހިފާ ގޮތަށެވެ.