ޑިމޮކްރަސީއޭ ކިޔައިގެން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާ ވާހަކައަކީ ވެރިކަން ހޯއްދަވަން ބޭނުންކުރައްވާ އުކުޅެއްކަން މާ ބޮޑަށް ވެސް ސާފުކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައީސް ނަޝީދު ކުރައްވާ މަސައްކަތުން އެނގޭ އެއްކަމަކީ އެމަނިކުފާނަކީ ޑިމޮކްރަސީގެ ހަމަތައް ގަބޫލުކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ޑިމޮކްރަސީއޭ ކިޔައިގެން ދައްކަވާ ވާހަކައަކީ ވެރިކަން ހޯއްދަވަން ބޭނުންކުރައްވާ އުކުޅެއްކަން މާ ބޮޑަށް ސާފުވެއްޖެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ނަޝީދަށް މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ނޫން ކަމަށެވެ. އަދި ތިމާ ނޫން މީހަކަށް ވެރިކަން ލިބެން ބޭނުންނުވާ ކަމަށާއި އެހެންވެ ޕާޓީ ފުނޑައިލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ނަޝީދުގެ މަންދޫބުން ރޭ ވަނީ ޖުމްހޫރީ ޕާޓީއާ ބައްދަލު ކުރައްވައި ރިޔާސީ އިންތިޚާބާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެ ގޮތުން ކުރެވުނު މަޝްވަރާގައި ނިންމި އެއްކަމަކީ އެކުގައި މަސައްކަތް ކުރާއިރު މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރަން ފެށުމެވެ.
އަދި ކިރިޔަތަ ތި އެގުނީ.އަބަދުވެސް އެކަން އޮތީ އެހެން.އެހެން މީހުން ވެސް އުކުޅު ތަށް ހަދަމުން ދަނީ ވެރިކަން ހޯދަން.ރައްޔަތުންނާދީނޭ ކިޔައިގެން ކުރަނީ އެއްކަމެއް. ކިޔަން އެގޭއެއްޗަކީ ވެސް އެއި ސަބަބަކި ހަރު ދަނަ އެއްޗެެެއް ކިޔޭ ވަރުގެ ގާބިލު ކަން ނެތުން.މަޖިުލިހުން ވެެސް ފެންނަނީ ކޮންމެދުވަހެއް މިހުންނަށް ފާޑުކިޔުމާ ޒުވަބު.ކަމެއް ރަނގަޅު ކޮށް ހަރު ދަނާ އުސޫލެއް ގެނައުމަށް ވަކާލާތު ކުރާތަން މަދު ފަހަރެއްގަފެންނަނީ، ގިނައީ ލޯނުތަކާ އެހެން މަންފާ ތަން ސަރުކާރުން ބެނުން ކުރަ މީހުން އެހެން ވީމަ ވާހަކަ ވެސް ޖެހެ ނީ ވަކިގޮތަކަށް ދައްކަން.
އެއީ ހަމަ އެކަމަށް ކުފޫހަމަވާނަމަ ކޮށްމެމީހަކުވެސް ވެރިކަން ހޯދަން ގަދަޔަށް މަސައްކަތް ކުރަންވީއެވެ
Manta ves ulhenee viridian beynun vegen