މިއަދު މިގެނެސްދެނީ އޮރެންޖް މޮހީޓޯ ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
1 އޮރެންޖް
ކުޑަ ފެން ފޮދެއް
2 މިންޓް ލީފް
ލުނބޯ (2ފޮތި ތުނިކޮށް ކޮށާފައި)
1 ސްޕްރައިޓް ފުޅި (ކުޑަ)
އައިސް ކިއުބް (ބޭނުންވާވަރަށް)
ތައްތާރުކުރާނެގޮތް:
އެންމެ ފުރަތަމަ އޮރެންޖް ގެ ތޮށި މަށާލުމަށްފަހު ފެންފޮދަކާއި އެއްކޮށް މިކްސްޗަރ ކޮއްލާށެވެ. އެއަށްފަހު ރަނގަޅަށް ފުރާނާލުމަށްފަހު ތައްޓަކަށް އަޅާލާށެވެ. ދެން ތަށި ފުރެންދެން އޭގެ ތެރެއަށް ސްޕްރައިޓް އަޅާ ރަނގަޅަށް މިކްސް ކޮއްލާށެވެ. އެއަށްފަހު އައިސްކިއުބް ލުމަށްފަހު ކޮށާފައި ހުރި ލުނބޯ ފޮތި އަދި މިނޓް ލީފް ތަށީގެ ތެރެއަށް ލާށެވެ. އިތުރަށް ފުރިހަމަ ކޮއްލުމަށް ތަށީގެ އަރިމަތީގައި އޮރެންޖް ފޮއްޗެއް ހަރުކޮއްލެވިދާނެއެވެ. މިހާރު މިވަނީ އޮރެންޖް މޮހީޓޯ ތައްޔާރުކޮށް ނިމިފައެވެ.