ފުލުހުން މިމަހުގެ ހަތަރުވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ރާއްޖޭގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި މަސްތުވާތަކެތި ކަމަށް ކަނޑައަޅާފައި ނެތުމުން އެ މީހުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި ފޮރުވާފައި ހުއްޓާ އަތުލައިގެންފައިވަނީ 4.097 ކިލޯ ހެރޮއިން ކަމަށް ހާމަކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގަ އެވެ.
ފުލުހުން ހައްޔަރުކުރި މީހުންގެ އަތުން ފެނުނީ ހެރޮއިން ކަމަށް ފުލުހުން ކުރި ބުނި ނަމަވެސް އެއީ މަސްތުވާތަކެތީގެ ތަފާތު ވައްތަރެއްގެ އުފެއްދުމެއް ކަމަށް އެނގިފައިވެ އެވެ.
މަސްތުވާތަކެތީގެ މިބާވަތް ގާނޫނުގައި ހިމަނައިދިނުމަށް ކަމާގުޅޭ އިދާރާތަކުގައި ފުލުހުން އެދޭތާ ދުވަސްކޮޅެއްވެއްޖެ އެވެ. ނަމަވެސް އަދި އެކަމަށް އަމަލީ އެއްވެސް ސިފައެއް ޖެހިފައެއް ނުވެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން މަސްތުވާތަކެތި ގެންގުޅެގެން އަދަބެެއް ދެވޭނީ ގާނޫނުގައި ލިސްޓްކޮށްފައިވާ ބާވަތެއްގެ މަސްތުވާތަކެތި ގެންގުޅޭ ހާލަތުގައި އެކަންޏެވެ. އެކަމަކު މަސްތުވުމުގެ ބޭނުމުގައި މަސްތުވާ ޒާތުގެ އެއްވެސް އެއްޗެއް ބޭނުންކުރުމަކީ ކުށެއް ކަމަށްވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
މިމައްސަލައިގައި ހިމެނޭ 10 މީހުން ހައްޔަރުކޮށް ބަންދުގައި ބޭތިއްބުމަށް ފުރަތަމަ ދިން މުއްދަތު ހަމަވުމުން މި މީހުން ދޫކޮށްލީ ކޯޓަށް ހާޒިރުނުކޮށެވެ.
Prosecutor akah umar genaithanun kuhthaaeh beyhviyas miah vuren rangalhah drug ge kanthah belees.