ބާޒާރުގައި ލުނބޯގެ އަގު ހިފެހެއްޓުމުގެ ގޮތުން 60 ރުފިޔާއަށް ލުނބޯ ކިލޯއެއް ވިއްކަން އެސްޓީއޯއިން ނިންމައިިފިއެވެ.
ރޯދަމަހާ ދިމާކޮށް ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާއިން 80 ރުފިޔާއާއި 90 ރުފިޔާއަށް އަރައިފައެވެ.
އެސްޓީއޯއިން މިއަދު ބުނީ ކޮންމެ ރޯދަމަހަކު ވެސް ބާޒާރުގައި އާންމު ކާބޯތަކެތީގެ އަގުތައް އަތްފޯރާ ފަށުގައި ހިފެހެއްޓުމަކީ އެ ކުންފުނީގެވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެ ގޮތުން ބާޒާރުގައި ލުނބޯގެ އަގު ހިފެހެއްޓުމަށްޓަކައި, އިންޑިއާއިން ލުނބޯ އެތެެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަން ނިންމާފައިވަނީ 60 ރުފިޔާއަށެވެ.
އާންމު ކާބޯތަކެތީގެ އަގުތައް އަތްނުފޯރާ މިންވަރަށް އުފުލުނަ ނުދީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން އަންނަނީ މިފަދަ ތަފާތު އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވަނީ އާންމު ކާބޯތަކެތީގެ އަގުތައް ބޮޑު ނުކުމަށް އެންމެ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.