އުމުރުން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލެއިން 15 އަހަރުގެ ކުއްޖަކު ގެއްލިފައިވާކަމަށް މި މަހުގެ 18 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ގޮތުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ތ.ދިޔަމިގިލީ އާގިސާމަންޒިލް ޒީކް ބިންތި މުޙައްމަދު ރިޔާޟެވެ.
މިދިޔަ ހޮނިހިރު ދުވަހު ފަތިހު ޒީކް ގެއިން ނުކުތްއިރު ލައިގެން ހުރީ ޖޯޒީއެއްކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ޒީކް ގެއްލިގެން ހޯދާ ދެވަނަ ފަހަރެވެ.
މިދިޔަ ޖަނަވަރީމަހުގެ 25 ވަނަ ދުވަހު 17:00 ހާއިރުން ފެށިގެން ގެއިން ބޭރަށް ދިޔަގޮތަށް އެނބުރި ގެއަށް ގޮސްފައިނުވާތީ ޒީކް ހޯދަން އިއުލާނުކުރިއެވެ. އެފަހަރު ޒީކް ފެނުނީ ގެއްލުނުތާ ހައެއްކަ ދުވަސް ފަހުން އެ މަހުގެ 29 ގައެވެ.
ޓެގް އަޅުވާފައި ބައިތިއްބަންވީނު!