މަސްތުވާތަކެތި ބޭނުންކުރި މައްސަލައެއްގައި އުމުރުން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ މީހެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
އެ ގޮތުން ގާޒީ އަމުރުކުރެއްވީ 15 ދުވަހުގެ މުއްދަތަށް އޭނާ ޑްރަގް އޮފެންޑަރ ސެންޓަރެއްގައި ބަންދުގައި ބެހެއްޓުމަށެވެ.
“އޭނާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން އެ ހާލަތުގައި ވެސް ފަރުވާދޭންޖެހޭ މީހެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގަބޫލުކުރެވޭކަމަށް ފާހަގަކޮށްފައިވާތީ“ ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އޭނާގެ ކުޑަކަމުދާތަކެތި އޯޕީއައި އާއި ބެންޒޯއަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.