އިންޑިއާ ސަރުކާރުން އެމްއެންޑީއެފުގެ ސެނަހިޔާ ހޮސްޕިޓަލަށް މިއަދު ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.
އިންޑިއާ ސަރުކާގެ ފަރާތުން ހަދިޔާކުރި ތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީއެވެ.
އިންޑިއާ ސަރުކާރުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އަލްޓްރާ ސައުންޑް މެޝިނަކާއި އީސީޖީ ހަދާ މެޝިނަކާއި އީއީޖީ ހަދާ މެޝިނެކެވެ.
އިންޑިއާއިން މީގެކުރިން ވެސް ވަނީ އެ ހޮސްޕިޓަލަށް ބައެއް ތަކެތި ހަދިޔާކޮށްފައެވެ.