ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
ޖޭއެސްސީން ކުރި އިއުލާނުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 04 ވަނަ ދުވަހުގެ 12:00 އެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ ”ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާނެ ގަވާއިދު“ ގައިވާ ގޮތުގެމަތީންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ މަހަކު 30,000 ރުފިޔާއެވެ. ލިވިންގ އެލަވަންސަށް މަހަކު 15,000 ރުފިޔާއާއި ރިސްކް އެލަވަންސަށް މަހަކު 3,300 ރުފިޔާ ލިބޭއިރު, ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެއެވެ.