މާލޭ ގެސްޓުހައުސްއެއްގައި ހަށިވިއްކި މައްސަލައެއްގައި ހައްޔަރުކުރި ތިން ބިދޭސީން ޑީޕޯޓްކޮށްލަން އިމިގުރޭޝަނާ ހަވާލުކޮށްފިއެވެ.
ހަށިވިއްކާ ކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނަކު ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެރޭގައެވެ.
ދިވެހި ފިރިހެން މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށެވެ.
ދިވެހި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން މިއަދު ބުނީ ބިދޭސީ ދެ އަންހެނުން ރާއްޖެއިން ފޮނުވައިލަން އިމިގުރޭޝަނާ ހަވާލުކުރީ މިދިޔަމަހުގެ ބުދަ ދުވަހު ކަމަށެވެ. އަދި ބިދޭސީ ފިރިހެން މީހާ ރާއްޖެއިން ފޮނުވައިލަން އިމިގުރޭޝަނާ ހަވާލުކުރީ މިދިޔަ ހަފުތާގެތެރޭގައި ކަމަށެވެ.