ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާގުޅޭ ގޮތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޒައީމް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމާއި, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިއެވެ.
ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މިއަދު 11:00 ގައި ރައީސް އޮފީހުގައެވެ.
ބައްދަލުވުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް މަޝްވަރާ ކުރެއްވި ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި ގޮތެއް ނުނިންމަވާ ކަމަށެވެ. އެހެންވެ އިތުރަށް އަދި މަޝްވަރާކުރައްވާނެ ކަމަށެވެ.
މި އަހަރުގެސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް އެމްއާރްއެމްގެ އިތުރުން އަދާލަތާއި ޖޭޕީއަށްވެސް ރައީސް ދައުވަތު ދެއްވިއެވެ. ނަމަވެސް ޖޭޕީން ނިންމީ ވަކިން ވާދަކުރުމަށެވެ. ތާއީދުކުރަން ނިންމީ އަދާލަތުން އެކަންޏެވެ.
މާ އުރައްޕެއްހުރި ބައެއް ނޫން. އެކަމަކު ބޭނުންވޭ ކޮންމެ ދަރިއަކާ ދަނބިދަރިއަކަށް މިނިސްޓަރުކަން… ސޮރީ ބެއްޔާ!