ޢަރަބިއްޔާ ސްކޫލުގައި ބައެއް ދަރިވަރުން ޔުނީފޯމާއެކު މޫނުބުރުގާ އަޅާތީ އެކަން ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
މޫނު ބުރުގާ އަޅައިގެން ބައެއް ކުދިން ސްކޫލަށްދާތީ އެކަމުގައި އެޑިއުކޭޝަންގެ ލަފަޔަކަށް އެ ސްކޫލުން އެދުނީ މިދިޔަ އަހަރުއެވެ. އެ ގޮތުން މިނިސްޓްރީން މިދިޔަ ޑިސެމްބަރު 28 ގައި ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެއަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގައިިދިނުމަށް ސްކޫލުގައި އެދިފައެވެ.
މިނިސްޓްރީގެ އެންގުން ސްކޫލުން މިހާރު ވަނީ ތަންފީޒުކުރަން އަންގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ސްކޫލުގައި މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އުޅެއެވެ.
މިކަމާ ގުޅިގެން ބައެއް ބެލެނިވެރިން ބުނީ މިނިސްޓްރީގެ އެންގުން ބަލައެއްނުގަނެވޭ ކަމަށެވެ. އަދި މޫނު ބުރުގާ ނަގަން އެންގުމަކީ ދަރިވަރުންނަށް ބިރުދައްކައި ކިޔެވުން ހުއްޓުވުން ކަމަށް ބެލެނިވެރިއަކު ސިފަކޮށްފައިވެއެވެ.
އަރަބިއްޔާގެ އަންހެން ކުދިންގެ ޔުނީފޯމް ކޯޑުގައި ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅެވެ. ފިރިހެން ކުދިންގެ ޔުނީފޯމް ކޯޑުގައި ހިމެނެނީ ގަމީހާއި ފަޓުލޫނެވެ.
އެޑިއުކޭޝަން މިނިސްޓަރ އިސްތިއުފާ