އިސްލާމްދީނަށް ކަނޑައެޅިގެން ހަޖޫޖައްސަވާ ބޭފުޅެއް މިހާރު އެމްޑީޕީއަކު ނެތް ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވަން ނިންމަވާފައިވާ ސިޔާމް މިހެން ވިދާޅުވީ ސަން ސިޔާމް ވިލުރީފުގައި ރޭ ބޭއްވި މާހެފުމުގެ ހަފުލާއެއްގައި ދެއްކެވި ވާހަކައިގައެވެ.
ސިޔާމް ވިދާޅުވީ އެމްޑީޕީގެ މޫނުމަތި މިހާރު ބަދަލުވެފައިވާ ކަމަށާއި ކޯލިޝަން ހައްދަވަން ނިންމެވި އެއް ސަބަބަކީ އެއީ ކަމަށެވެ.
ސިޔާމް ވިދާޅުވީ އިސްލާމްދީނަށް ކަނޑައެޅިގެން ހަޖޫޖައްސަވާ ބޭފުޅެއް މިހާރު އެމްޑީޕީއަކުން ފެންނާކަށް ނެތް ކަމަށެވެ.
”އެ ބޭފުޅާ [ނަޝީދު] މިހާރު އެ ތަނުން ހިނގައްޖެ. އެހެން ބޭފުޅަކު [ރައީސް ޞާލިޙް] މޫނުމަތީގަ ހުންނެވީ.“
ސިޔާމް ވިދާޅުވި ގޮތުގައި ރައީސް ޞާލިޙް ކަމުދަނީ އެމަނިކުފާނުގެ މަޑުމައިތިރި މިޒާޖާއި ރަނގަޅު އަޚުލާގެ ސަބަބުންނެވެ.
މިހާރު ހުރީ، ދާހާ ތަނަކަށް، ރާފުޅި ހިފައިގެން ދަތުރުކުރާ މީހެއްތަ؟
ތެދެއް އެގޮތަށްއުޅޭމީހުންތިބީ ީ