ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރެންދޫގައި ޅ.ކުރެންދޫގައި 50 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ މިއަދު ހަވާލުކޮށްފިއެވެ.
2000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުރެންދޫގައި 50 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ.
ޕްލޭނިންގ މިނިސްޓްރީން އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 95,980,140 ރުފިޔާއަށެވެ.
މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމުމަށެވެ.