ނ.މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން ވަނީ ހޯދަމުންދާ މީހާގެ ފޮޓޯއެއް އާންމުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން ބުނީ އެއީ ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ ޝޮހެދް އުއްލާ (33އ) ކިޔާ މީހެއް ކަމަށެވެ.
އޭނާ ހޯދަމުންދަނީ ވަކި ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރެެއެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792039 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.