އިރާގުގެ ޒުވާނާ ޙައިދަރު އަލްފީލީ އާއި ކުވައިތުގެ ފަންނާނެއް ކަމުގައިވާ ޣަދީރުލް ފަހުދުގެ ކައިވެނީގެ ވާހަކަ ޒަމާން ތަކަކަށް ދެމިގެން ދާނެއެވެ.
މީގެ ދެ ހަފުތާ ކުރިން ކުރި ކައިވެންޏެއްގައި އިރާގުގެ ފިރިމީހާ ޙައިދަރު އަލްފީލީ ކުވައިތުގެ އަނބިމީހާ މަޝްހޫރު ފަންނާނު، ޣަދީރު އަލްފަހުދާއި ކައިވެނި ކުރުމުން ޢަރަބި ދުނިޔޭގައި ބޮޑު ހަލަބޮލިކަމެއް އުފެދިގެން ދިޔައެވެ. އެ ކައިވެނީގެ ވާހަކަ ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ.
ސަބަބަކީ …..؟
ކައިވެނީގެ ރަނަށް ކަޑައެޅުނީ އެއްކިލޯ ރަނާއި އެއްބިލއަން ޔޫރޯ އެވެ. ހައިރާން ވާވަރުގެ ރަނެކެވެ.
އެހާ ގިނަ ޢަދަދެއްގެ ފައިސާއަށް ރަން ކިޔައިގެން ކައިވެންޏެއް ކޮށްފާނެކަމަށް ބަޔަކު ގަބޫލެއް ވެސް ނުކުރާނެ އެވެ.
އެ ކައިވެނީގެ ވީޑިއޯ ފެނުނު މީހުންނަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.
އެ އަގު ބޮޑު އަދި މަޝްހޫރު ކައިވެންޏަށް ކުރިމަތިވި ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކީ އަދި ހިތާމައަކީ އެންމެ ދެ ހަފުތާ ފަހުން ޙައިދަރު އަލްފީލީ އާއި ޣަދީރު އަލްފަހުދު ވަރިވާން ނިންމާފައި ވާކަން އެ ދެމަފިރިންގެ ރުހުމުގައި އިއުލާން ކުރެވުމުންނެވެ.
މާރިޗު މަހުގެ ހަތަރު ވަނަ ދުވަހު ކައިވެނި ކުރި އިރާގުގެ ހައިދަރު އަލްފީލީ، އޭނާގެ އަނބިމީހާ ޣާދިރުލްފަހުދު ވަރިކުރީ އެދެމީހުންނަށް ހަމަޖެހިގެން އުފަލުގައި ދިރިއުޅެވެން ނެތުމުގެ ސަބަބުންނެވެ.
ފިންލޭންޑްގައި ދިރިއުޅޭ އިރާގުގެ ޒުވާނާގެ ކައިވެންޏާ ގުޅިގެން މީގެ ދެ ހަފްތާ ކުރިން ސޯޝަލް މީޑިއާގައި ޠޫފާނެއް އުފެދިގެން ދިޔައެވެ. ކުވައިތުގެ ބަޠަލާ ޣަދީރު އަލްފަހުދުއާ އެކު ކައިވެނީގެ އެއްބަސްވުމުގައި ސޮއިކުރި ވީޑިއޯ ޓިކް ޓޮކުން 6.8 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.
އަނބި މީހާ ދެކެ ވާ ލޯތްބާއި ގަދަރު އިންތިހާއަށް ކައިވެނީގެ ރަނުން ހާމަވެގެން ދިޔަ ކަމަށް ވިޔަސް، އެ އަގު ބޮޑު ކައިވެނި ވަރިޔަށް ބަދަލުވެގެން ދިއުމަކީ ކައިވެންޏާ އެއްވެސް ގުޅުމެއް ނެތް އެތައް މިލިއަން ބަޔަކަށް ލިބުނު ވަރަށް ފުން ހިތާމައެކެވެ.