ދުނިޔޭގެ އެންމެ ކުރު ބޮޑީ ބިލްޑަރ ކައިވެނި ކޮށްފިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މަހާރާޝްޓްރާ ސްޓޭޓުގެ އުމުރުން 28 އަހަރުގެ ޕްރަތިކް ވިތަލްގެ އިސްކޮޅަކީ 3 ފޫޓު 4 އިންޗި އެވެ. އޭނާގެ 22 އަހަރުގެ އަނބިމީހާގެ އިސްކޮޅަކީ 4 ފޫޓު 2 އިންޗި އެވެ.
ޚަބަރުލިބިފައިވާ ގޮތުގައި ކައިވެނިކުރި ދެމީހުން ފުރަތަމަ ބައްދަލުވީ މީގެ 4 އަހަރު ކުރިންނެވެ. އޭގެފަހުން ދެ މީހުންގެ ގުޅުން ބަދަހިވެ ކައިވެނި ކުރަން އެއްބަސްވެފައި ވެއެވެ.
ޕްރަތިކް ވިތަލްގެ ދެމަފިރިންނާއި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވި އެންމެން ވެސް ވަނީ ކައިވެނީގެ ރަސްމިއްޔާތުގައި ވަރަށް ހިތްހަމަޖެހިގެން ތިބެ އުފާ ފާޅުކޮށްފަ އެވެ.
އިންޑިއާގެ މީޑިއާތަކުން ހާމަކުރި ގޮތުގައި ޕްރަތީކް ދިރިއުޅެން ކުރާ މަސައްކަތެއްގެ ގޮތުގައި ބޮޑީބިލްޑިން ކުރަން ފެށީ 2012 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އޭނާ ވަނީ މުބާރާތެއްގައި ބައިވެރިވެފަ އެވެ.
އިންޑިއާގެ ބޮޑީބިލްޑަރ ޕްރަތީކް ދުނިޔޭގެ އެންމެ ކުރު ބޮޑީބިލްޑަރުގެ ގޮތުގައި ވޯލްޑް ރެކޯޑް ފޮތުގައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައި ވަނީ 2021 ވަނަ އަހަރުގައެވެ.