މޫނުގެ ހަންގަޑު ރީތި ކުރުމަކީ އާއްމު ކޮތެއްގައި ގިނަ މީހުން ކުރާ ކަމެކެވެ. މޫނުގެ ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް އެތައް ހާސް ރުފިޔާއެއް ހަރަދު ކުރާ މީހުން ވެސް އުޅެއެވެ.
އެގޮތުން ހަންގަނޑު ކުރަކިވެ ހިކޭ ނަމަ ޒުވާން ކަމަށް ބަދަލު އަންނަ ކަމަށް ވެސް ގިނަ ފަރާތް ތަކުން ގަބޫލު ކުރެއެވެ. ހަންގަނޑަށް މިފަދަ ކަންތައް މެދުވެރިވާ ސަބަބު ތަކުގެ ތެރޭގައި ފެން ބުއިން މަދުވުން، ބޭނުން ކުރެވޭ ސައިބޯނި އަދި މާގިނައިން ހޫނު ފެނުން ފެންވެރުން ހިމެނެއެވެ.
ފެން
ފެނަކީ މޫނުގެ ހަންގަނޑުގެ އިތުރުން ގައިގެ ހަންގަނޑު ކުރަކި ވާނަމަވެސް ހައްލެކެވެ. ގިނަފަހަރަށް މިފަދަ މައްސަލަ ދިމާވަން މެދުވެރިވަނީ ވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮވުމުގެ ސަބަބުންނެވެ. އެގޮތުނަ ދުވާލެއްގެ މައްޗަށް 8 ތަށި ފެން ބުއިމަކީ ހަންގަނޑު ކުރަކި ވުމުގެ އިތުރުން ހަންގަނޑުގެ ކުލަ އަލި ކޮށްދީ ހަންގަނޑު އޮމާން ކޮށް ގިނަ ދުވަހު ބަހައްޓަދޭ އެއްޗެކެވެ.

ކިއުކަންބާ
މޫނުގެ ހަންގަނޑު ކުރަކިވާނަމަ ކިއުކަންބާ އަކީ ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ކިއުކަންބާ އަކީ އޭގެ ޒާތުގައި ފެން ގިނައިން އެކުލެވޭ އެއްޗަކަށް ވުމުން ކިއުކަންބާ ކެއުމުން ހަންގަނޑު ކުރަކި ވުމުން ދުރު ކޮށްދެއެވެ.
އެވަކާޑޯ
އެވަކާޑޯ އަކީ ގިނަ ފައިދާތަކެއް އެކުލެވޭ މީރު މޭވާއެކެވެ. ރާއްޖޭގައި މިހާރު އާންމުކޮށް ފެންނަ މި މޭވާ ގައި ވެސް އޮމޭގާ 3 ފެޓްސް ހިމެނެއެވެ. އޭގެ އިތުރުން ވިޓަމިން އީ އިން ފުރިފައިވާއިރު، އޭގެ ސަބަބުން ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ އުމުރުން ދުވަސްވީ ވަރަކަށް ހަންގަނޑު ހަލާކުވިޔަ ނުދިނުމަށް އެހީވެދެއެވެ.