ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ އަންހެން ކުއްޖާ މިހާރު ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ޒޯޔާ ނަމަކަށް ކިޔާ ކުއްޖެކެވެ. ފުލުހުން ބުނީ އެ ކުއްޖާ ފެނިފައިވަނީ ހުޅުމާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފޯނެއް ވެސް ގެންގުޅޭ ކުޑަ އަންހެން ކުއްޖާ، އައިޝަތު ޒޯޔާ ގެއްލިގެން ހޯދަން ފެށީ ހުކުރު ދުވަހު އެވެ. އޭނާ ގެއްލުނީ ފިހާރައަކަށް ދަނީ ކަމަށް ބުނެފައި ނުކުތް ހިސާބުންނެވެ.
ޒޯޔާގެ ފޯނަށް ވެސް ނުގުޅޭ ކަމަށާއި ރަހުމަތްތެރިން ކައިރީގައި އަހައިގެން ވެސް ޒޯޔާ ވީ ތަނެއް ނޭނގުނު ކަމަށް އާއިލާއިން ބުނެ އެވެ.
އަދި މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހުގެ ރޭ 19:30 ހާއިރެވެ.
މީހުން ގެއްލިގެން ހޯދަން ރިޕޯޓުކުރާ މައްސަލަތައް ފާއިތުވި މަސްދުވަސް ތެރޭ ގިނަ އަދަދަކަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މައުލޫމާތު ނޭގޭ ހަބަރު ނުޖެހުން އެދެން. ނޫސްކިޔަނީ މައުލޫމާތާ ހަބަރު އޮޅުންވިލަން ބޭކާރު ހަބަރުކިޔާކަށްނޫން.