ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދިރާގުގެ ސަބްމެރިން ކޭބަލްއަށް 30 މިލިއަން ޑޮލަރުގެ ލޯނެއް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
މާރޗް 19, 2023
ވިޔަފާރި
0
ދިރާގުގެ ސަބްމެރިން ކޭބަލްއަށް 30 މިލިއަން ޑޮލަރުގެ ލޯނެއް

ދިރާގުން އަޅާ ސަބްމެރިން ކޭބަލްއަށް މާލީ އެހީ ދިނުމުގެ ދެވަނަ ލޯން ފެސިލިޓީ އެގްރީމެންޓްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިރާގާއި ވޯލްޑް ބޭންކް ގްރޫޕްގައި ހިމެނޭ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިންނެވެ. 30 މިލިއަން ޑޮލަރުގެ މި ދެވަނަ ފެސިލިޓީގެ ސަބަބުން ދިރާގުގެ ސީ.މީ.ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އެހީތެރިކަން ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ގްލޯބަލް އިންޓަރނެޓް ހުޕަރހައިވޭއާ ދިވެހިރާއްޖެ ގުޅާލައި ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން އިންޓަރނެޓްގެ ލެޓެންސީ ކުޑަކޮށް ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި ހެޔޮއަގެއްގައި ދިރާގު އިންޓަރނެޓް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ފަސޭހެވެގެންދާނެއެވެ.

ދެވަނަ ފެސިލިޓީ ސޮއިކުރުމާއެކު އައި.އެފް.ސީ އަދި އޭ.ޑީބީއިން ދިރާގަށް ދިން ފައިސާގެ އެހީ ޖުމްލަ 55 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި މި ފައިނޭންސިންގއާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާރއަށް ދިރާގުން ކުރާ އިންވެސްޓްމަންޓަށް އެހީތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ ހަރުދަނާވެގެންދާނެއެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު މި ފައިނޭނެސިންގގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކޮށްފައެވެ. 25 މިލައަން ޑޮލަރުގެ މި ފެސިލިޓީއިން ދަނީ އެ ކުންފުނީގެ ވަރކިންގ ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމަށް ޚަރަދުކޮށް ކަސްޓަމަރުންގެ އިތުރުވަމުންދާ ޑޭޓާގެ ބޭނުންތައް ފުއްދިގެންދާނެކަމަށް ދިރާގުން ބުނެއެވެ. މިގޮތުން ދިރާގުގެ 5ޖީ ޚިދުމަތް ފުޅާކޮށް، އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ކުންފުނީގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕޭންޝަން ޕްރޮޖެކްޓަށް އެހީތެރިވާނެއެވެ.

މި އެއްބަސްވުމުގައި ސޮއެކުރުމަށްފަހު ދިރާގުގެ ސީ.އީ.އޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، މިއީ ރާއްޖޭ ސީ.މީ.ވީ 6 ސަބްމެރީން ކޭބަލް ސިސްޓަމްއާ ގުޅުވާދޭނެ މުހިންމު އިންވެސްޓްމެންޓެއްކަމަށެވެ. ސި.މީ.ވީ 6 ކޮންސޯޓިއަމްގެ މެމްބަރެއްގެ ގޮތުންނާއި މި ސިސްޓަމްގެ ކޯ-އޯނަރެއްގެ ގޮތުން ޔޫރަޕާއި ސިންގަޕޫރާއި ދެމެދުވާ ގިނަ އިންޓަރނެޓް ޑޭޓާ ސެންޓަރުތަކަށް ދިރާގަށް އެކްސެސް ލިބޭނެކަމަށެވެ.

”މީގެ ސަބަބުން ބައިނަލްއަޤްވާމީ ސްޓޭޖުގައި ދިރާގު އިތުރަށް ޝާމިލްވެ އަދި ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީއަށް މަގުފަހިވާނެ. މީގެ އިތުރުން މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް، ސޯޝަލް އެންޑް ގަވަރނަންސް (އީ.އެސް.ޖީ) ފަންކްޝަން ގާއިމުކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ހާސިލްކުރުމުގައިވެސް އެޅޭ ވަރަށް މިހިންމު ބިންގަލެއް“ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ފުޅާކޮށް ޑިޖިޓަލް އިޤްތިޞާދުގައި ޖަޒީރާ މުޖުތަމަޢުތަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Tags: ދިރާގު

ގުޅުންހުރި ލިޔުންތައް

ދިރާގުގެ ޚާއްސަ ހަދިޔާތަކެއް: ބޮޑު އިނާމަކަށް ޢުމްރާ ދަތުރެއް

ދިރާގުގެ ޚާއްސަ ހަދިޔާތަކެއް: ބޮޑު އިނާމަކަށް ޢުމްރާ ދަތުރެއް

މާރޗް 23, 2023
ކޮރެއަން އެއަރގެ ދަތުރުތައް ރާއްޖެއަށް ފެށަނީ

ކޮރެއަން އެއަރގެ ދަތުރުތައް ރާއްޖެއަށް ފެށަނީ

މާރޗް 23, 2023
އުރީދޫގެ ރޯދަ މަހުގެ އޮފާތައް ލޯންޗުކޮށްފި

އުރީދޫގެ ރޯދަ މަހުގެ އޮފާތައް ލޯންޗުކޮށްފި

މާރޗް 23, 2023
ބާޒާރުގައި ކާށީގެ އަގު ކޮންޓްރޯލް ކުރަން އެސްޓީއޯއިން ކާށި ގެންނަނީ

ބާޒާރުގައި ކާށީގެ އަގު ކޮންޓްރޯލް ކުރަން އެސްޓީއޯއިން ކާށި ގެންނަނީ

މާރޗް 22, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In