ފާއިތުވެދިޔަ ދެ އަހަރުތެރޭގައި އެކި މައްސަލަތަކުގައި 202 ބިދޭސީ ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން އެންމެ ގިނަ މީހުން ހައްޔަރުކުރީ ވައްކަމުގެ މައްސަލަތަކުގައިކަން ފުލުހުންގެ ތަފާަސްހިސާބުތަކުން ދައްކައިފިއެވެ.
2020 ވަނަ އަހަރުން ފެށިގެން މިދިޔަ އޮކްޓޫބަރުމަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް އެކިއެކި މައްސަލަތަކުގައި 202 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
އޭގެތެރެއިން 70 މީހުންނަކީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންނެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި 37 މީހުން ހައްޔަރުކުރިއިރު، މާރާމާރީގެ މައްސަލަތަކުގައި 33 މީހުން ހައްޔަރުކުރިއެވެ.
ދެން ތިބި މީހުން ހައްޔަރުކޮށްފައިވަނީ ރަހީނުކުރުމާއި، ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާއި، މަކަރާއި ހީލަތާއި، ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ގެވެށި އަނިޔާއާއި، މުދަލަށް ގެއްލުންދިނުމާއި، އަމިއްލަ ނަފުސަށް ގެއްލުންދިނުމާއި، ރޯދަމަހު ދުވާލު ކެއުން ފަދަ މައްސަލަތަކުގައެވެ.