އދ.ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަނުން މިރޭ އިއުލާނުކޮށްފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު 08:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.
މި އިންތިޚާބުގައި ވާދަކުރައްވާފައިވަނީ ޣައްޝާން ޢަބްދުﷲ އާއި އަޙްމަދު ޒާލިފެވެ. މި ދެބޭފުޅުން ވެސް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
މި އިންތިޚާބުގައި 148 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، ވޯޓުލާފައިވަނީ 112 (%75.68) މީހުންނެވެ. ސައްހަ ވޯޓުގެ އަދަދަކީ 111 އެވެ.
64 ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރެއްވީ ކެންޑިޑޭޓް ނަންބަރު 01 ޣައްޝާނެވެ. ކެންޑިޑޭޓް ނަންބަރު 02 ޒާލިފަށް ލިބިލެއްވީ 47 ވޯޓެވެ.