އަންނަ އޭޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތަކާއި އެކަމާ ގުޅޭ ތަފްސީލުތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް ހަ ފޮށްޓެއް ބެހެއްޓުމަށް އީސީން ވަނީ ނިންމައިފައެވެ.
ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތައް:
1.ވޯޓުފޮށީގެ ނަންބަރު: H03.07.1
ވޯޓުފޮށީގެ ނަން: ކ.ގުޅި-1
ވޯޓުފޮށި ބަހައްޓާ ތަން: ގުޅީ ސްކޫލް
މި ފޮށްޓަށް ވޯޓުލާނީ ގުޅީ ރައްޔިތުން.
2.ވޯޓުފޮށީގެ ނަންބަރު: H03.08.1
ވޯޓުފޮށީގެ ނަން: ކ. މާފުށި-1
ވޯޓުފޮށި ބަހައްޓާ ތަން: މާފުށީ ސްކޫލް
މި ފޮށްޓަށް ވޯޓުލާނީ މާފުށީ ރައްޔިތުންގެ ތެރެއިން ތިން މަހާނަ މަގުގެ ދެކުނުން ފެށިގެން ގޮސް އުތުރަށް ހަނދުވަރީ މަގުން އިރަށް, ރޯޝަނީ ހިނގުމުން އުތުރަށް ގޮސް އެ މަގު ނިމޭ ހިސާބުގެ އިރުމަތީ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން.
3.ވޯޓުފޮށީގެ ނަންބަރު: H03.08.2
ވޯޓުފޮށީގެ ނަން: ކ. މާފުށި-2
ވޯޓުފޮށި ބަހައްޓާ ތަން: މާފުށީ ސްކޫލް
މި ފޮށްޓަށް ވޯޓުލާނީ މާފުށީ ރައްޔިތުންގެ ތެރެއިން ތިން މަހާނަ މަގުގެ ދެކުނުން ފެށިގެން ގޮސް އުތުރަށް, ހަނދުވަރީމަގުން އިރަށް, ރޯޝަނީ ހިނގުމުން އުތުރަށް ގޮސް އެ މަގު ނިމޭ ހިސާބުގެ ހުޅަނގު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން.
4.ވޯޓުފޮށީގެ ނަންބަރު: H03.09.1
ވޯޓުފޮށީގެ ނަން: ކ. ގުރައިދޫ-1
ވޯޓުފޮށި ބަހައްޓާ ތަން: ގުރައިދޫ ކައުންސިލް އިދާރާ
(މީޓިންގ ރޫމް)
މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ބަހާރުމަގުގެ ދެކުނު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން.
5.ވޯޓުފޮށީގެ ނަންބަރު: H03.09.2
ވޯޓުފޮށީގެ ނަން: ކ. ގުރައިދޫ-2
ވޯޓުފޮށި ބަހައްޓާ ތަން: ގުރައިދޫ ޔޫތު ސެންޓަރު
މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ބަހާރުމަގުގެ އުތުރު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން.
6.ވޯޓުފޮށީގެ ނަންބަރު: T0.1
ވޯޓުފޮށީގެ ނަން: ބައި-އިލެކްޝަން, އަތޮޅު-މާލެ-1
ވޯޓުފޮށި ބަހައްޓާ ތަން: ޢިއްޒުއްދީން ސްކޫލް
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުން.
އީސީން އާންމުކުރި ވަގުތީ ލިސްޓުގައިވާ ގޮތުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 6143 މީހުންނަށެވެ.
ގުޅި: 663 މީހުން.
ގުރައިދޫ: 2057 މީހުން.
މާފުށި: 3423 މީހުން.
މި ބައި އިލެކްޝަނުގައި ވާދަކުރަނީ އެމްޑީޕީންނާއި ޕީޕީއެމްއިންނާއި އެމްއެންޕީންނެވެ.
ޕީޕީއެމްގެ ފަރާތުން: ޙުސައިން ރިޟާ، ޝީވީޑް/ކ.ގުރައިދޫ (ކެންޑިޑޭޓް ނަންބަރު 01)
އެމްޑީޕީގެ ފަރާތުން: އިބްރާހިމް ޝާޒް، ފައިވްރޯސް/ކ.ގުރައިދޫ. (ކެންޑިޑޭޓް ނަންބަރު 02)
އެމްއެންޕީގެ ފަރާތުން: ޢަލީ އަރީފް، ފިޔާތޮށިގެ/ކ.ގުރައިދޫ. (ކެންޑިޑޭޓް ނަންބަރު 03)
މި އިންތިޚާބުގެ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށާއި އޮބްޒާވު ކުރުމަށާއި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ 13:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި އިބްރާހިމް ރިޟާ އަވަހާރަވުމާ ގުޅިގެންނެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިބްރާހިމް ރިޟާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.