ަރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަންވޭތޯ ރަމަޟާން މަހުގައި ދުއާކުރުން އިތުރުކުރަން ޕީޕީއެމްގެ ލީޑާޝިޕުން ސަޕޯޓަރުންގެ ކިބައިން އެދިއްޖެއެވެ.
ޕީޕީއެމްއިން މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި މާހެފުމުގައި ބައިވެރިވެވަޑައިގެން މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ގައުމުގެ މިނިވަންކަމާއި މުސްތަގުބަލަށްޓަކައި ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެޔާދުވާލު އަޑުއުފުލަންޖެހޭ ކަމަށެވެ.
މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ކިތަންމެ ރޭވުންތަކެއް ރޭވިޔަސް އެއަށްވުރެ މާ މޮޅަށް ރާއްވަވާ ފަރާތެއްވާ ކަމަށާއި އެއީ ކީރިތި ގުރުއާނުގައި ސާފުކޮށް އެނގެން އޮންނަ ހަގީގަތެއް ކަމަށެވެ. އެހެންކަމުން އީމާންތެެރިކަން ވަރުގަދަކޮށް ބަރަކާތްތެރި ރަމަޟާން މަހުގައި ރައީސް ޔާމީން މިނިވަންވޭތޯ ދުއާކުރުން އިތުރުކުރަންޖެހޭކަމަށް މުޢިއްޒު ވިދާޅުވިއެވެ.
”ކުރިއަށް މި އޮތީ ބަރަކާތްތެރި ރަމަޟާން މަސް. އަޅުގަނޑުމެންގެ އީމާންތެެރިކަން ވަރުގަދަވާންޖެހޭ. ދުއާކުރުން އިތުރުކުރަންޖެހޭ. އަޅުގަނޑުމެންގެ އަޒުމް ވަރުގަދަކުރަންޖެހޭ. އިރާދަކުރެއްވިއްޔާ ދުއާ އިޖާބަކުރައްވާނެ. އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ.“
މިނިވަންވެވަޑައިގަތުމުން ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެއްވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
މާހެފުމުގައި ބައިވެރިވެވަޑައިގެން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޝަހީމް ވެސް ވަނީ ރައީސް ޔާމީން މިނިވަންވޭތޯ ދުއާކުރުން އިތުރުކުރުމަށް ގޮވައިލައްވައިފައެވެ.
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުގައެވެ. ޔާމީންގެ ވަކީލުންގެ ޓީމުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައިި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އަދި އެ މައްސަލަ ބަލައެއްނުގަނެއެވެ.
އަނިޔާވެރިން އަބަދުވެސް ޖަލުގައި ބައިތިއްބަވާތޯ ދުއާ ކުރަންޖެހެއެވެ. ޔާމީނަކީ ދިވެހިންގެ ހާދަ ބަޔަކަށް އަނިޔާވެރިވީ މީހެކެވެ. ދިވެހިން އެކަމެއް ހަދާނުން ނުފިލާނެއެވެ.
އެފަދަ ނުބައިކަމުން އަރައިހުރި ދެވަނައެއް މިރާއްޖެއަކު ނެތް މީހަކުގެ ވާހަކަ ބަރަކާތުން ފުރިގެންވާ ރަމަޟާންމަހާއި އަޅުވައި ކިޔާކަށްވެސް ނުވާނެއެވެ. އެޔާމީނު ، ނެޔަސް ސްޕްރް ކޯޓުގެ ފުރާޅުގެ ޓިނު، އެމްޓީސީސީއާއި ޙަވާލުކޮށްގެން، ނެގޭނެވެ. އަދިދަންނަވަން. ޔާމީނު ނެރެންޖެހޭނީ އެހެން ހުރިހާ ކުއްވެރިން ދޫކުރުމަށްފަހު އެންމެ ފަހުމީހާ އަށެވެ.