މިފްކޯއަށް ގެންނަ މަސްކިރާ ބޯޓު ރާއްޖެ އައުމަށް ފުރައިފިކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ
މިފްކޯއަށް ގެންނަ މަސްކިރާ ބޯޓް “ޖަޒީރާ 103“ ރާއްޖެ އައުމަށް ފުރައިފި ކަމަށާއި އަންނަ މަހުގެ 07 ވަނަ ދުވަހު ރާއްޖެ ވަންނާނެ ކަމަށެވެ.
މިފްކޯއިން ގެންނަ މި ބޯޓުގައި ދުވާލަކު 120 ޓަނު މަސް ގަނޑު ކުރެވޭނެއެވެ. އަދި 420 ޓަނު މަސް ރައްކާޗކުރެވޭނެއެވެ.
މި ބޯޓަށް ފައިނޭަސްކުރީ އެސްޓީއޯއިން ކަމަށް އަމްރު ވިދާޅުވިއެވެ.