ވިލިމާލެއިިން ވީނުވީއެއް ނޭނގި ގެއްލިފައިވާ އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ދެންމެ ބުނެފިއެވެ.
”ދިޑެއިލީ“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރޭ ދަންވަރު 1:33 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
”ފުލުހުން ދަނީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން.“ އޮފިޝަލު ވިދާޅުވިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 13 އަހަރުގެ ޢާއިޝަތު ޒޯޔާއެވެ.
ޒޯޔާ ހޯދަން ފެށީ ރޭ 19:30 ހާއިރު ވިލިމާލޭގައި އޭނާ ދިރިއުޅެމުންދާ ގޭ ކައިރި ހުންނަ ފިހާރައަކަށް ދަނީކަމަށް ބުނެފައި ނިކުތް ގޮތަށް އާއިލާއަށް ޚަބަރެއް ނުވުމުންނެވެ.
ޕޮލިސް ޚަމިޝަނަރު ފެއިލްވެޖެއް ބޮޑުތަނުން މިހާރުން މިހާރަށް އިސްތިއުފާދީ.
ތިކުއްޖާގެ މަޢޮލޫމާތު ވީހާ ތަފްސީލް ހާމަކުރަންފެނޭ