މޭކަޕް ކުރުމުގައި އެކި މީހުން އިހްތިޔާރު ކުރަނީ އެކި ކަންކަމެވެ. ބައެއް މީހުން މޫނުގެ ބައެއް ފީޗަރ ތައް ބޮޑަށް ފާޅުކުރަން ބޭނުންވާ އިރު އަނެއްބައި މީހުން ލަކުނުތައް ފިލުވުމުގެ ބޭނުމުގައި މޭކަޕް ކުރެއެވެ. މޭކަޕަކީ ރަނގަޅަށް ކުރެވިއްޖެ ނަމަ މީހާގެ ރީތިކަން އިތުރަށް ފުރިކަމަ ކޮށްދޭނެ ކަމެކެވެ. ނަމަވެސް ގަދަޔަށް މޭކަޕް ކުރުމުގެ ބަދަލުގައި މި ހަތަރު ކަމަށް ފޯކަސް ކޮށްލައިގެން މޭކަޕް ކުރުމުންވެސް ޒުވާންކޮށް ފެނިގެންދާނެއެވެ.
ލޮލަށް އިސްކަންދިނުން
ލޮލުން މީހާ ފަސޭހައިން އެނގިގެން ދެއެވެ. ލޯ ކައިރި ކަޅުވެފައި ވާނަމަ، ލޯ ކައިރީގައި ހަމުގެ ކުލައަށް ވުރެ މަޑު ކުލައެއްގެ ކޮންސީލަރ އެއް ހޭކުމަށްފަހު ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ވިދާ ބަބުޅާ ޕައުޑަރ ޝެޑޯރ ތަކުންވެސް ދުރުވާށެވެ. އެއިން ލޯކައިރީ ރިންކަލްސް އިތުރަށް ފެނިގެންދެއެވެ. އޭގެ ބަދަލުގައި ނެޗުރަލް ކުލަތައް އިހްތިޔާރު ކުރާށެވެ. އަދި ޖެލް ބޭސްޑް ޝެޑޯރ އައިލައިނަރ ބޭނުން ކުރާށެވެ. ލޯ އިތުރަށް ހުޅުވާލުމަށް އެސްފިޔަތައް ކަރލް ކޮށްލުމަށް ފަހު ކަޅުކުލައިގެ ވޮލިއުމަރައިޒިން މަސްކަރާ އެއް ބޭނުން ކޮށްލާށެވެ.
ބުމަ ވަރުގަދަކޮށްލުން
ބުމައަކީ މީހާގެ މޫނުގެ ރީތިކަން ބައްޓަން ކޮށްލާ އެއްގުނަވަނެވެ. އެކި މީހުނާ ގުޅެނީ އެކި ގޮތަށް ބުމަ ހުރީމައެވެ. ކިތަންގެ ހިމަ ބުމައެއް ހުރި ކަމުގައި ވިއަސް މޭކަޕް ބޭނުންކޮށްގެން ބުމައިގެ ބައްޓަން ބޭނުން ގޮތަކަށް ކުރަހައިލެވިދާނެއެވެ. އިތުރަށް މޫނު އަލިކޮށްލުމުގެ ގޮތުން ބުމައިގެ ތިރީގައި ހައިލައިޓަރ ނުވަތަ ކޮންސީލަރ ބޭނުން ކޮށްލާށެވެ.
ތުންފަތް ރީތިކޮށް ބެހެއްޓުން
އުމުރުން ދުވަސްވާ ވަރަކަށް ތުންފަތް ހިކޭގޮތް ދިމާވެ، ހިމަ ވާ ގޮތް ވެއެވެ. އެހެން ކަމުން ތުންފަތުގައި ގަދަ ކުލަތައް ހޭކުމުގެ ބަދަލުގައި ނިއުޓްރަލް ކުލަތައް ބޭނުން ކުރާށެވެ. އަދި ރީނދޫ ޓޯންގެ ކުލަތައް ބޭނުން ނުކުރާށެވެ. ތުންފަތުގައި ލިޕްސްޓިކް ޖެއްސުމުގެ ކުރިން ރަނގަޅަށް ހައިޑްރޭޓް ކުރަން އާދަ ކުރާށެވެ.
ރޯޒީ ޗީކްސް
ކޮންމެވެސް ވަރަށް ކުލައެއް މޫނަށް އައުމުން މޫނުގެ ޔޫތް ގްލޯ ފެނިގެން ދެއެވެ. ނެޗުރަލް ބްލަޝް ޕިންކް ނުވަތަ ޕީޗީ ޓޯންގެ ބްލަޝްއެއް ކޮލުގައި ހާކާލާށެވެ. މިގޮތަށް ހާކާނީ ކިރިޔާ ކުލަ ފެންނަ ވަރަށެވެ.