ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އެންމެ މޮޅު އެތުލީޓުންނަށް އަޒްނީން އާއި ދީމާ

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
މާރޗް 18, 2023
ކުޅިވަރު
0
އެންމެ މޮޅު އެތުލީޓުންނަށް އަޒްނީން އާއި ދީމާ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގައި ހޮވި އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ފާތިމަތު ދީމާ އަލީ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަޒްނީން ރަޝާދު ހޮވިއްޖެއެވެ.

ހުކުރު ދުވަހުގެރޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ބޭއްވި އެވޯޑް ހަފުލާގައި ވަނީ އެކި ކުޅިވަރުތަކުން އެންމެ މޮޅު ކުޅިވަރު އެތުލީޓުން ހޮވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި މި ރަސްމިއްޔާތަށް ވަޑައިގެންނެވި، ޝަރަފުވެރިން ވަނީ ބައިވެރިވެފައެވެ.

ދީމާއަށް އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ފާތިމަތު ރަފާ ނާޒިމް އަދި އާރާ އާސަލް އާޒިމްއާ ވާދަކޮށެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަޒްނީން ހޮވުނީ އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) އާއި މުޙައްމަދު މޫސާއާ ވާދަކޮށެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ޗެސް ކުޅުންތެރިޔަކަށް ހޮވުނީ ނިހާޔާ އަޙްމަދެވެ. އަދި އެންމެ މޮޅު ފިރިހެން ޗެސް ކުޅުންތެރިޔަކަށް ހޮވުނީ މުޙައްމަދު ޝުއާއުއެވެ. އެންމެ މޮޅު އަންހެން ބިލިއާޑް ކުޅުންތެރިޔަކަށް އާމިނަތު ފާތީ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ބިލިއާޑް ކުޅުންތެރިޔަކަށް ހޮވުނީ މުޙައްމަދު ޝަރީފެވެ. އެނެމް މޮޅު އަންހެން ކެރަމް ކުޅުންތެރިޔަކަށް އާމިނަތު ވިދާދު ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ކެރަމް ކުޅުންތެރިޔަކަށް ހޮވުނީ އިސްމާއިލް އަޒްމީންއެވެ.

އެންމެ މޮޅު އަންހެން އަދި ފިރިހެން ބާސްކެޓް ކުޅުންތެރިންނަށް ހޮވުނީ ދެމަފިރިން ކަމަށްވާ އާމިނަތު އިޝްރާއު އަބްދުލް ޝުކުރާއި އަބްދުﷲ އަމްޒަރު މުޙައްމަދުއެވެ. އަންހެން އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ މަރިޔަމް ޝިނާތުއެވެ. އަހަރުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ހޮވުނީ އާއިޝަތު ޝައުޝަންއެވެ. އަދި އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ހޮވުނީ މުޙައްމަދު އާން ހުސެއިންއެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ސާފަރަށް މަރިޔަން ރާހިލް ނަސީމް ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ސާފަރަކަށް ހޮވުނީ އަޙްމަދު އާގިލްއެވެ. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ފިރިހެން ބޮޑީބޯޑަރަށް އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ވަނީ ހޮވިފައެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔަކަށް އާރާ އާސަލް އާޒިމް ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ޓެނިސް ކުޅުންތެރިޔަކަށް ހޮވުނީ އަބްދުﷲ ފާއިޙް ފާޒިލްއަށެވެެ. އަހަރުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔަކަށް ފާތިމަތު ދީމާ އަލީ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ޓޭބަލް ޓެނިސް ކުޅުންތެރިޔަކަށް ހޮވުނީ، މޫސާ މުންސިފް އަޙްމަދެވެ. އަހަރުގެ އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔަކަށް ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔަކަށް ހޮވުނީ ނިބާލް އަޙްމަދެވެ.

އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔަކަށް ހޮވުނީ އަޙްމަދު ނާސިފް އުމަރެވެ. އަހަރުގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔަކަށް ހޮވުނީ އާއިޝަތު މާޖިދާއެވެ. އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔަކަށް ހޮވުނީ އަލީ ހުޒާމް (ހުޒަންޓެ)އެވެ. އެންމެ މޮޅު އަންހެން ހޭންޑް ބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ ޒުލޭޚާ އިބްރާހީމްއެވެ. އަދި އެންމެ މޮޅު ފިރިހެން ހޭންޑް ބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ މުޙައްމަދު ފިރުނަސް އަބްދުﷲއެވެ.

އަންހެން އެންމެ މޮޅު އެތުލެޓިކްސް އެތުލީޓަކަށް އާމިނަތު ޖާއިޝާ ޖުނީޒް ހޮވުނުއިރު، އެނެމް މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ހަސަން ސާއިދެވެ. އެންމެ މޮޅު ބޮޑީބޯޑަރަކަށް އަޒްނީން ރަޝާދު ހޮވުނުއިރު، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ.

އަހަރުގެ އެންމެ މޮޅު ސްޕޯޓްސް މެޑިކްގެ މަގާމު ލިބުނީ އަބްދުﷲ ރާފިއުއަށެވެ. އަންހެން އެންމެ މޮޅު ޓެކްނިކަލް އޮފިޝަލަކަށް އާއިޝަތު އަހުމިއްޔާ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ޓެކްނިކަލް އޮފިޝަލަކަށް ހޮވުނީ އަޙްމަދު ނަޝީދެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ ނީޝާ ހަލީމްއެވެ. އަދި އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވުނީ އަބްދުﷲ ހަސީބް ހުސެއިންއެވެ. އަހަރުގެ އެންމެ މޮޅު އެސޯސިއޭޝަނަކަށް ހޮވުނީ ބެޑްމިންޓަން އެސޯސިއޭޝަނެވެ.

އަހަރުގެ އެންމެ މޮޅު އޮންލައިން މީޑިއާއަކަށް ހޮވުުނީ އަދަދު އޮންލައިންނެވެ. އަދި އެންމެ މޮޅު ބްރޯޑްކާސްޓިން މީޑިއާއަކަށް ހޮވުނީ ރާއްޖެ ޓީވީއެވެ. އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔަކަށް އައްޒާމް އަލިފުޅު ހޮވުނުއިރު، އެންމެ މޮޅު ސްޕޯޓްސް ފޮޓޯގްރާފަރަކަށް ހޮވުނީ މުޙައްމަދު ޝާބިން އިލްހާމް ރަޝީދެވެ.

އަހަރުގެ އެންމެ އުންމީދީ އަންހެން އެތުލީޓުގެ މަގާމު ހޯދީ، ފާތިމަތު ދީމާ އަލީއެވެ. އަދި އެންމެ އުންމީދީ ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބޯޑަރު އާމިން އުމަރު މޫސާ އެވެ.

މި ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރު ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބު ހޯދައިދިން ކުޅުންތެރިންގެ އަގުވަޒަންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

އޮޒިލް ފުޓުބޯޅަ ކުޅުމާ ދުރަށް

އޮޒިލް ފުޓުބޯޅަ ކުޅުމާ ދުރަށް

މާރޗް 23, 2023
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ލ. ގަމުން ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ލ. ގަމުން ހޯދައިފި

މާރޗް 20, 2023
ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ

ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ

މާރޗް 20, 2023
ރިސްޓަލް ޕެލެސް ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލް

ރިސްޓަލް ޕެލެސް ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލް

މާރޗް 20, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In