އިންޑިއާގެ ބެންގަލޫރުގެ ރޭލްވޭ ސްޓޭޝަންގައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން މަރުވެފައިވާ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
މި އަހަރުގެ ކުރީ ކޮޅުގައި ވެސް މަރާލާފައިވާ މީހެއްގެ ހަށިގަނޑު ބެންގަލޫރުގެ އެހެން ރޭލް ސްޓޭޝަނެއްގެ ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިފައި ވެއެވެ.
ރޭލު ސްޓޭޝަނަށް ވަންނަ ދޮރުކައިރީގައި ހުރި ކުނި ޓައްޕެއްގެ ތެރެއިން މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނުނީ އިއްޔެ ހެނދުނު 10 އާއި 11 އާ ދެމެދު ގެ ވަގުތެއްގައެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ގާތްގަނޑަކަށް 31 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާން އަންހެނެކެވެ. ފުލުހުންނަށް އަދި އެއީ ކާކުކަން އޮޅުމެއް ނުފިލައެވެ.
ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ކުރެވުނު ތަހުގީގުން އެނގިފައި 3 މީހަކު ވެގެން އެ އަންހެން މީހާގެ ހަށިގަނޑު ޕްލާސްޓިކު ޓައްޕަކަށް ލައިގެން ރޭލުން ގެނެސް އޭގެ ފަހުން ރޭލް ސްޓޭޝަނަށް ވަންނަ ދޮރުކައިރީގައި ބެހެއްޓުމަށް ފަހު އެ މީހުން ފިލައިގެން ދިޔައީ އެވެ.
ސުޕްރިންޓެންޑެންޓް އޮފް ރޭލްވޭ ޕޮލިސް ބެންގަލޫރު، ޑރ. ސޯމްލާތާ ބުނި ގޮތުގައި އެ ހާދިސާ ތަހުގީގު ކުރުމަށް ޚާއްޞަ ޓީމެއް ވަނީ އެކުލަވާލާފަ އެވެ.
މީގެ ދެ މަސް ކުރިން ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ބެންގަލޫރުގެ އެހެން ރޭލު ސްޓޭޝަނެއްގައި ސާފުކުރަން އުޅުނު މަސައްކަތު ބަޔަކަށް ޕްލާސްޓިކް ޓައްޕެއްގެ ތެރެއިން 20 އަހަރުގެ އަންހެނެއްގެ ރޯކޮށް އަންދާލާފައިވާ ހަށިގަނޑު ފެނިފައިވެ އެވެ.
އިންޑިއާގައި އަނިޔާވެރިގޮތްގޮތަށް މީހުން މަރައި އެކިތަންތަނަށް އުކަމުން ދިއުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ.
ސިކުނޑިނެތް މީހުން އުޅޭ ޤައުމެއް ތީ..