ފިލްމު ކުޅެން ހުއްޓާލައި ދީނީ އިލްމުވެރިޔަކާ، ކައިވެނި ކުރުމަށް ފަހު ހައްޖުގެ އަޅުކަން ވެސް އަދާކޮށްފައިވާ އިންޑިއާގެ ކުރީގެ ބަތަލާ ސަނާ ޚާން އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.
އިގްރާ ޓީވީއަށް ދިން އިންޓަވިއުއެއްގައި ސަނާ މިކަން އިއުލާނު ކުރިއިރު، އޭނާ ވިހާނެ ކަމަށް ވަނީ އަންނަ ޖޫން މަހުގައެވެ.
ސަނާ ބުނާގޮތުން، މަންމައަކަށް ވުމަށް އިންތިޒާރުވެސް ކުރެވެއެވެ.
”ނަފްސާނީ ގޮތުން އަޅުގަނޑަށް ވަރަށް ގިނަ އުދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ. އެކަމަކު އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ރީތި ދަތުރެއް ހެން. އަހަރެން އިންތިޒާރު ކުރަނީ އަހަރެންގެ ތުއްތު ދަރިފުޅު އުނގުގައި އޮންނާނެ ވަގުތުކޮޅަކަށް“.
އޭނާއަށް ލިބެން އުޅެނީ އެއްމާބަނޑު ދެ ކުދިން ނޫނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ސަނާ ޚާން ވަނީ އުމްރާގެ އަޅުކަން އަދާކޮށް ހާއްސަ އިއުލާނެއް ކުރާނެ ކަމުގެ އިޝާރާތެއް ދޭ ޕޯސްޓެއް ކުރިއެވެ. އެކަމަކު އެއިރު މިއީ ބަނޑުބޮޑުކަން ހާމައެއް ނުކުރެއެވެ.
ސަނާ މުނިފޫހިފިލުވުމުގެ ދާއިރާއިން ރިޓަޔާކުރީ އޭނާގެ ފިރިމީހާ މުފްތީ އަނަސް ސައިޔާދުއާ 2020 ވަނަ އަހަރު ކައިވެނި ކުރުމަށް ފަހުއެވެ.
ހަތުރޯން ކޭ ކިލާޅީ“ އާއި ”ބިގް ބޮސް“ ފަދަ ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފައިވާ ސަނާ ބުނި ގޮތުގައި މުނިފޫހި ދާއިރާ ދޫކޮށްލީ ތައުބާވެ، އިސްލާމް ދީނުގެ މަގަށް ރުޖޫއަވުމުގެ ގޮތުންނެވެ. އަދި އެ ބަދަލާ އެކީ ހަޔާތަށް ވަރަށް ބޮޑު އުފާވެރިކަމަކާއި ހަމަޖެހުމެއް އައިސްފައިވާ ކަމަށް ބުނެފައިވެ އެވެ.