އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރެއް ނެތްތާ ގާތްގަނޑަކަށް 2 އަހަރެއްހާ ދުވަސް ފަހުން ސަފީރެއްގެ ގޮތުގައި އެރިކް ގާސެޓީގެ ނަން އެމެރިކާގެ ސެނެޓުން ފާސްކޮށްފި އެވެ.
އެމެރިކާގެ ސެނެޓުން އެރިކް ގާސެޓީގެ ނަން ފާސްކުރީ 42/52 މެންބަރުންގެ ވޯޓުންނެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި މީގެ 2 އަހަރު ކުރިން އިންޑިއާގައި ހުންނަވާ އެމެރިކާ ސަފީރުގެ މަގާމަށް އެރިކް ގާސެޓީ ގެ ނަން ކަނޑައެޅުނަސް އެމަގާމަށް ރަސްމީ ގޮތުން އޭނާ ހަމަޖައްސާފައެއް ނުވެއެވެ.
ފަހަކަށް އައިސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންދާ އެމެރިކާއިން އިންޑިއާއަށް ސަފީރަކު ހަމަޖައްސާފައި ނުވާތީ ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔާފައި ވެއެވެ.
އެރިކް ގާސެޓީއަކީ ލޮސް އެންޖެލިސްގެ މޭޔަރުކަން ކުރީން ކުރައްވާފައިވާ ބޭފުޅެކެވެ.