ކުޅުދުށްފުށި ސިޓީގައި ތިން ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ކުޅުދުށްފުށި ސިޓީގައި ތިން ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓު ލިބުނީ މިއަދު 11:15 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ކުޅުދުށްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގީ އެ ސިޓީގެ އެންމެ ކާރުބާރު ބޮޑު މަގުގައެވެ.