ޗައިނާގައި މުސްކުޅިން އާދަޔާ ޚިލާފަށް ގިނަވަމުން ދާތީ، ވަޒީފާއިން މުސްކުޅިކުރާ މީހުންގެ އުމުރު މަޑުމަޑުން މަތިކުރުމަށް ޗައިނާ ސަރުކާރުން ވިސްނަން ފަށައިފި އެވެ.
ހިއުމަން ރިސޯސަސް މިނިސްޓްރީގެ އިސް ތަޖުރިބާކާރަކު ވިދާޅުވީ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ހާމަކުރި ގޮތުގައި ވަޒީފާއިން މުސްކުޅިކުރާ އުމުރުގެ މައްސަލައިގައި ޗައިނާއިން ކުރިއަށް ގެންދާނީ އުފެއްދުންތެރި ސާދާ އަދި ތަފާތު މަގެއް ކަމަށެވެ.
ޗައިނީސް އެކަޑަމީ އޮފް ލޭބަރ އެންޑް ސޯޝަލް ސެކިއުރިޓީގެ ރައީސް ޖިން ވެއިގަންގް ވިދާޅުވީ ފުރަތަމަ މުސްކުޅި ކުރާ އުމުރު މަދު މަސްތަކަކަށް އިތުރުކުރާނެ ކަމަށާއި، ފަހުން އެ މުއްދަތު އިތުރު ކުރާނެ ކަމަށެވެ.
ޗައިނާއިން ރަސްމީކޮށް އިއުލާން ކުރަން ނިންމާފައި ވަނީ މުސްކުޅިކުރާ އުމުރަށް ބަދަލެއް ގެނައުމަށެވެ.
ޗައިނާގައި ފިރިހެނުން ވަޒީފާއިން މުސްކުޅި ކުރަނީ 60 އަހަރުގައެވެ. ހުދު ގިރުއައުނުލީ ވަޒީފާތަކުގައި އުޅޭ އަންހެނުން 55 އަހަރުގައި، އަދި ކާރުޚާނާތަކުގައި ވަޒީފާ އަދާކުރާ އަންހެނުން މުސްކުޅި ކުރަނީ 50 އަހަރުގަ އެވެ.
ޗައިނާގެ އައު ބޮޑުވަޒީރު ލީ ކިއަންގް ވިދާޅުވީ ވަޒީފާތަކުން މީހުން މުސްކުޅިކުރުމާ ގުޅޭ ދިރާސާތަކާއި ތަހުލީލުތަކަށް ފަހު ސަރުކާރުން އެ ސިޔާސަތު އިއުލާން ކުރާނެ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ޗައިނާގެ އިސްރަށްވެހީންގެ އަދަދު އެމެރިކާއާއި އިނގިރޭސިވިލާތުގެ ޖުމްލަ އާބާދީއާ އެއްވަރުވާނެ ކަމަށް އަންދާޒާކުރެވެ އެވެ.