މާދަމާއިން ފެށިގެން ޝައްވާލުމަހުގެ ފުރަތަމަ 07 ދުވަހާ ދެމެދު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ކަމަށެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުން މި ގޮތަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 އެވެ. އަދި ޝައްވާލުމަހުގެ ފުރަތަމަ ދުވަސް ދިމާވަނީ އޭޕްރީލް 21 ވަނަ ދުވަހަށެވެ.