ގދ.ފަރެސްމާތޮޑާގައި 22 އަހަރު ވަންދެން ހިންގަމުން އައި އިންޖީނު ނިއްވާލައި, އާ އިންޖީނުގެއިން އެ ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.
ފަރެސްމާތޮޑާގައި އަލަށް އިމާރާތްކޮށް ނިންމި މަރުކަޒީ އިންޖީނުގެ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދެވެ.
ހަރު އަޑާއި ބޯދުމާއި ގެދަބުޅިން ފަރެސްމާތޮޑާގެ ރައްޔިތުންނަށް ވޭނާއި ހިތްދަތިކަން ގެނުވަމުންދިޔަ 22 އަހަރުވީ އިންޖީނުގެ ނިއްވާލައި މުޅިން އަލަށް އިމާރާތްކޮށް ނިންމި މަރުކަޒީ އިންޖީނުގެއިން ރަށާއި އެއަރޕޯޓަށް ކަރަންޓު ދޭން ފަށައިފި.“ ފެނަކައިން ބުންޏެވެ.
ފެނަކައިން ގާއިމުކުރި އާ އިންޖީނުގޭގައި ވަނީ 400 ކިލޯވޯޓްއާއި 600 އަދި 800 ކިލޯވޯޓްގެ ޖެންސެޓް ބަހައްޓައިފައެވެ.