ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މާރޗް 13, 2023
ރިޕޯޓް
0
ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

ގްރެފިކްސް: ދި ޑެއިލީ

މިވަގުތު ސަރުކާރަށް ކުރިމަތިވެފައިވާ  ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމަކީ އަޑިއަޅާލާފައިވާ އިގުތިސާދު ނަގައި ކޮޅަށް ޖެހުމެވެ. ތާށިވަމުންދާ ދަރަނި ދަންތުރައިން ސަލާމަތްވުމެވެ.

ސަރުކާރަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމަކީ ބޯމަތިވަމުން އަންނަ ރިޔާސީ އިންތިޚާބަށް ވަރުގަދަ ކޯލިޝަނެއް ހެދުމެވެ. އޭގެ އިތުރަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ އާއި ޖަލުގައި ހުންނެވި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނަކީ ވެސް ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ދެ ގޮންޖެހުމެވެ.

ޔާމީން ޖަލުގައި

އެމްޑީޕީއަށް ނޫންނަމަ އެމްޑީޕީގެ ކޯލިޝަނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ގޮތެއް މެދުވެރިވުމެވެ. މިހާރުގެ ހާލަތަށް ބަލާއިރު ރައީސް ޔާމީން ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލު ހުކުމެއް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް އެގޮތަށް ދެމިގެންދާކަމަށް ވާނަމަ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. އެއީ މިހާރު ރައީސްކަމުގައި ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެ ވަނަ ދައުރެއް ޔަގީންވުން ފަދަ ކަމެކެވެ.

ރައީސް ޔާމީނުގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީނުގެ މައްޗަށް ޖިނާއީ ކޯޓުން ކުރި ހުކުމަކީ ސަރުކާރު އަޑީގައި އޮވެގެން ކުރުވި ”ހަރާމް“ ހުކުމެކެވެ. އެކަމާ ދެކޮޅަށް މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކުރަމުންދާ މުޒާހަރާތައް ފުލުހުން ނިކުމެ ބާރުގެ ބޭނުންކޮށްގެން މައިތިރިކުރިޔަސް މުޒާހަރާތަކުގެ ވޭން ސަރުކާރަށް ވަނީ އުފުލަން ޖެހިފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ރައީސް ޔާމީންގެ ހުކުމް ތަންފީޒުކުރުމުގެ ނަމުގައި ޖަލުގައި ބެހެއްޓުމަކީ ސަރުކާރަކަށް މާބޮޑު ކަމެއް ނޫނެވެ.

މިވަގުތު ރާއްޖޭގައި އެންމެ މަގުބޫލު އެއްޕާޓީގެ އެންމެ މަޝްހޫރު އަދި އެންމެ ޚިދުމަތްތެރި އެއް ލީޑަރު ޖަލުބަންދުގައި ހުންނަން ޖެހުމާ ގުޅިގެން ރާއްޖޭގައި ހަލަބޮލިކަމެއް ނުއުފެދޭނެ ހެއްޔެވެ؟

އެމްޑީޕީ ދެ ފަޅި ވުން

އެއްބަޔަކު ބުނާ ގޮތުގައި އެމްޑީޕީ ދެ ފަޅިވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ރައީސްކަން ކުރައްވަން ބޭނުންފުޅުވި ހިސާބުން ފެށިގެންނެވެ. އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ ދެ ފަޅިވީ ރައީސް މުޙައްމަދު ނަޝީދު އަމިއްލަ އެދުން އިސްކުރައްވައި ވެރިކަން ހޯއްދަވަން އުޅުއްވުމުގެ ސަބަބުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވި ދުވަސްވަރުން ފެށިގެން އެ ދެ ބޭފުޅުންނާއި އެ ދެ ބޭފުޅުންނަށް ތާއިދުކުރި އެމްޑީޕީ މީހުން ވަނީ ދެބައި ވެފައެވެ. އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔަމުން ދަނީ ބައެއް ފަހަރަށް ވަރަށް މުޑުދާރު ގޮތަކަށެވެ. އަދި ދެބައި މީހުން ގުޅިގެން ރިޔާސީ އިންތިޚާބަށް ވާދަކުރުމުގެ ރޫޙެއް އުއްމީދެއް ނެތެވެ.

ކޯލިޝަން ހެދުމުގެ މަސައްކަތް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގެންދަވަނީ ވަރަށް ވަރުގަދަ ކޯލިޝަނަކާއެކު އިންތިޚާބަށް ތައްޔާރުވެ ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ.

ކޯލިޝަން ހެދުމުގެ ފުރުސަތު ހުޅުވައިލުމުން އެމްޑީޕީގެ ފަސްބައިގައި އެންމެ ފުރަތަމަ އެލިގަތީ ޢަދާލަތު ޕާޓީންނެވެ. އެއީ ޕާޓީތަކުގެ ތެރެއިން އެންމެ ބަލިކަށި އެއްޕާޓީ އެވެ. ދެވަނައަށް އެމްޑީޕީއާ ކޯލިޝަން ހަދަން ނިންމީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިންނެވެ. އެ ޕާޓީގެ ލީޑަރ ސަން އަޙުމަދު ސިޔާމް މުޙައްމަދު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް މިދިޔަ އަހަރު ވިދާޅުވެފައެވެ. އަދި ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ރަށްރަށުގައި ކެމްޕޭނު ކުރައްވާފަ އެވެ. ރައްޔިތުންނަށް ޕާޓީން ވަނީ ވައުދުތަކެއް ކޮށްފައެވެ. އެ ވައުދުތައް ނުފުދިގެން މީސްމީހުން ޝަކުވާ ކުރަމުން ދަނިކޮށް ކުއްލިއަކަށް އިވުނީ އެމްޑީއެންއިން އެމްޑީޕީއާ ކޯލިޝަން ހެދި ވާހަކައެވެ. އަދި ހަމަ އެދުވަސްވަރު އިވިގެން ދިޔަ އަނެއް ވާހަކައަކީ ބޭރުގެ ކުންފުންޏަކަށް  ސިޔާމް  24 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ކޯޓުން ކޮށްފައިވާ ހުކުމުގެ ވާހަކައެވެ.

އެމްޑީއެމްއިން ބުނި ގޮތުގައި 24 މިލިއަން ޑޮލަރުގެ ހުކުމާ އެމްޑީޕީއާ ހެދި ކޯލިޝަނާ ގުޅުމެއް ނެތެވެ.

ރައީސް  އިބްރާހީމް މުޙައްމަދު ޞާލިޙު  2018ގައި ވެރިކަމަށް ގެންނަން ރައީސް މައުމޫނާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވިކަމަށް ވިޔަސް އެ ދެބޭފުޅުން މިފަހަރު އެމްޑީޕީ ކޯލިޝަންގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އަދި ރަސްމީގޮތެއްގައި ނާންގަވައެވެ.

އިގުތިސާދީ ދަތިކަން

މިދުވަސްވަރު ތަކެތީގެ އަގު ބޮޑުވުމުގެ ވޭނާ ކުރިމަތިލާން ޖެހިފައި ވަނީ ރާއްޖޭގެ ނިކަމެތި ރައްޔިތުންނެވެ. ވަޒީފާއެއް އާމުދަނީއެއް ލިބޭނެ ގޮތެއް ނެތިފައި ތިބި އެތައް ހާސް ރައްޔިތުން ތިބީ ފިކުރު ބޮޑުވެ ހާންތިވެފަ އެވެ.

ސިޔާސީ ޕާޓީތައް ގުޅިގެން ވެރިކަން ހޯދައި މަގާމުތައް ބަހައި، ބައިއެޅުމުގެ ކުރިން ގައުމުގައި ތިބި ނިކަމެތި ރައްޔިތުން ތަދު މަޑުކަމުން ސަލާމަތްކުރެވޭނެ ގޮތެއް ސިޔާސީ ލީޑަރުން ހޯއްދަވަން އެބަ ޖެހެއެވެ. 

މިއީ މުޅި ސިޔާސީ އަދި ޢަސްކަރީ ލީޑަޝިޕް ގުޅިގެން ދިވެހިރާއްޖެ އިގުތިސާދީ ދަތިތަކުން ސަލާމަތްކޮށް، ގައުމުގެ އިގުތިސާދު ރަނގަޅު ކޮށް  ފާގަތި ދިރިއުޅުމެއް ހޯދައިދޭން ޖެހިފައިވާ ނާޒުކު ވަގުތެވެ.

ސިޔާސީ ލީޑަރުން ފުރަތަމަ ޖެހެނީ ގައުމުގެ އިގުތިސާދު ދުޅަހެއު ކޮށްދެއްވާށެވެ. ދަރަނި ދަންތުރައިން ގައުމު ސަލާމަތް ކޮށްދެއްވާށެވެ. އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާށެވެ!

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުރައީސް މައުމޫންރައީސް މުހައްމަދު ނަޝީދުރައީސް ޔާމީންކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއުމަރު ނަސީރު

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

ފެބްރުއަރީ 28, 2023
ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ރައީސް ދޫކޮށްލެއްވީ ބޮޑު ސުވާލެއް

ޝަހީދުންގެ ދުވަހުގެ އިރު އޮއްސިއްޖެ: ވަލިއްޔުލްޢަމްރުގެ ޝުޢޫރެއް، އިލްތިމާސެއް ނެތް

ފެބްރުއަރީ 21, 2023
މިފަހަރު ކުރިމަތިމިލަނީ ދިވެހި އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައި: ނަޝީދު

ފިކުރެއްގެ ނިމުން

ފެބްރުއަރީ 14, 2023
ރައިސް ނަޝީދުގެ އިސްތިއުފާ، ބަޣާވާތަކަށް ވާނީ ކިހިނެއް؟

ރައިސް ނަޝީދުގެ އިސްތިއުފާ، ބަޣާވާތަކަށް ވާނީ ކިހިނެއް؟

ފެބްރުއަރީ 7, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In