ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – އެކާވީސްވަނަ ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
މާރޗް 13, 2023
ވާހަކަ
1
ވާހަކަ: މުސްކާން – ފުރަތަމަ ބައި

އެކާވީސް ވަނަ ބައި

މުސްކާން ފުރަތަމަ އެގެއަށް އައިސްގެން އުޅުނު ދުވަސްކޮޅު ހައިދަރާ ވަރަށް ގާތްވެގެން ވާހަކަ ދައްކާ މަޖާކޮށް އުޅުނެވެ. އެހެންނަމަވެސް ފަހުން ފަހުން އައިސް މުސްކާންގެ ނަޒަރުން އައިންތުއަށް ފަހުމުވީ އެހެން ގޮތެކެވެ.

ކޮޓަރިން ހަމަ ނިކުމެވުމާއެކު މުސްކާން ހިފީ ރިހާންގެ އަތުގައެވެ. އެ އަތް ދުރަށް ލާކަށް ނުވަތަ އެ އަތުގެ ޙިމާޔަތުން ބޭރުވެގަންނާކަށް ރިހާން ވެސް ނޫޅެއެވެ. އެވަގުތު އެދެމީހުން ހިނގާފައި ދާމަންޒަރު ފެނުނު ކޮންމެ މީހަކަށް ވެސް ފެނުނީ އެއީ ވަރަށް ގުޅޭ ޖޯޑެއްގެ ގޮތުގައެވެ.

ކާންވެގެން ބޭރަށް ނިކުތް މުސްކާންއާ ރިހާން މީހުން ގައިން ނެއްޓެމުން ކުރިއަށް ގޮސް އައިޖީއެމް ހޮސްޕިޓަލުގެ ކެންޓީން ބޭރުގައި ހުރިމޭޒެއް ކައިރީ މަޑުކޮށްލިއެވެ. އަދި ގޮނޑި ކައިރިކޮށްލަދީފައި މުސްކާން ރިހާން ގާތު އިށީންނަން ބުންޏެވެ. ގޮނޑީގައި ރަނގަޅަށް ހިފާލާ ގޮނޑި ހުރިގޮތް ޚިޔާލަށް ނެގުނީމާ ރިހާން އިށީނެވެ. ރިހާން އިށިންނަން ދެން މަޑުކޮށްގެން ހުރި މުސްކާން ވެސް ދެން އިށީނީއެވެ.

”ކޯއްޗެއް ކާނީ!“ މުސްކާން ރިހާންއާ ކައިރިވެލާފަ މަޑު މަޑުން ސުވާލުކުރިއެވެ.

”މުސްކާން ކާއެއްޗެއް މަވެސް ކާނީ!“ ރިހާން ދިން ޖަވާބުން ފްރައިޑް ނޫޑްލްސާ ފޮރެޝް އޮރެންޖް ޖޫހަށް މުސްކާން އޯޑަރ ދިނެވެ.

ކައި ނިމުމުން ރިހާން އެދުނީ ކުޑަކޮށް ބޭރުމަގުގައި ތާޒާ ވައި ޖައްސާލަން އިރުކޮޅަކު ހިނގާލަން ދިއުމަށެވެ. ތެދެކެވެ. އުޑުމަތި ނުލާހިކު ރީއްޗެވެ. އެތަން މުސްކާންއަށް އެބަ ފެނެއެވެ. އެމަންޒަރުން ހިތަށް ހަމަޖެހުން ވެސް އެބަ ލިބެއެވެ. ވައިރޯޅި ތަންކޮޅެއް ބާރެވެ. އެ ވައިރޯޅި އައިސް ގައިމު ފިރުމާލާފަ ދާނީ ދެމީހުންގެ ގައިގައެވެ. އެ އިހުސާސް ދެމީހުންނަށް ވެސް ކުރެވޭނެއެވެ. އެހެންވީމަ އެއީ ވަރަށް ރަނގަޅު ޚިޔާލެއްކަމަށް މުސްކާންއަށް ވެސް ފެނުނެވެ.

ތަންކޮޅަކަށް ހިނގާލުމަށްފަހު ރިހާން ބޭނުންވީ ތޮށިގަނޑުކައިރީ މަޑުކޮށްލުމަށެވެ. ކަނޑުން ދަތުރުކުރަމުންދާ ލޯންޗްތަކާ ދޯނިތަކުގެ އިންޖީނުގެ އަޑު އިވުމުން ރިހާންގެ ޚިޔާލު ކުޑައިރުގެ އެތައް ހަނދާންތަކާ ގުޅިގެން އައެވެ. ބައްޕައާ އެކު ހިނގާލަން ނިކުމެ އުޅުނު ދުވަސްތަކެވެ. އަދި ވަކިވަރަކަށް ބޮޑުވުމުން ރައްޓެހިންނާއެކު މޫދަށް ގޮސް އުޅުނު ހަނދާންތަކެވެ. އެ ޚިޔާލުތަކުން ހަނދާނުގެ ސްކްރީންގައި އެނބުރެމުުން ދިޔައީ ކުލަ މަންޒަރުތަކެކެވެ. އެވާހަކަތައް ހިއްސާކުރަން ފެށުމުން މުސްކާންއަށް ލެނގި ގަނެވުނީ ރިހާންގެ އަރިމަތިން ގައިގައެވެ. ބޯ އަޅައިލެވުނީ ރިހާންގެ ކޮނޑުގައެވެ. ރިހާންގެ ފަރާތުން ރައްދެއް ނުލިބުނަސް ރިހާންއަށް އެކަމުން ލިބެމުން ދިޔައީ ބަޔާން ނުކުރެވޭފަދަ އުފަލެކެވެ. ބޭނުންވީ މުސްކާންގެ ލޮލާ ލޯ ސީދާކޮށްގެން ހުރެ އެ ލޮލުގެ ތެރެއަށް ފީނާގަންނާށެވެ. ރިހާންއަށް ޔަގީނެވެ. މުސްކާންގެ އަޑެކޭ އެއްފަދައިން މުސްކާންގެ ދެލޯ ވެސް ރީތިވާނެއެވެ. މުސްކާންގެ މޫނުގެ ބައްޓަންވެސް ރިހާން އެދޭފަދަ ބައްޓަމަކަށް ވާނެއެވެ. ޔަގީނުންވެސް މުސްކާންގެ ގައިގާ ބީހިލެވުނު ކޮންމެ ފަހަރަކު މުސްކާންގެ ހަށިގަނޑުގެ ހިމަތޮޅިކަން ރިހާންއަށް ފާހަގަ ކުރެވުނެވެ. އެއީ ރިހާންއަށް އަންހެންކުދިން އެންމެ ކަމުދާ ގޮތެވެ.

ރިހާންއާ މުސްކާންގެ ދުނިޔޭގައި އަބަދުވެސް އުޅެމުން ދިޔައީ އެދެމީހުން އެކަންޏެވެ. އެހެންވިޔަސް އެ ހަމަހިމޭން ދުނިޔެއިން އެދެމީހުންނަށް މިހާތަނަށް ނުލިބޭ އުފާ މިރޭގެ މި ބައްދަލުވުމުން ލިބިގެން ހިނގައްޖެއެވެ. ފަހަރެއްގައި މާހައުލު ބަދަލުވެ މަންމަ އައުމުގެ ބިރު ނެތުމުން ކަމަށް ވެސް ވެދާނެއެވެ.

”މުސްކާންގެ އަތުގައި ހިފައިލިޔަސް އޯކޭތަ!“ މިހާތަނަށް އިސްވެ މުސްކާން ގައިގަ ބީހިފަ ނުވާ ރިހާން އެ ގޮތަށް އެދުމުން މުސްކާން ހައިރާން ވިއެވެ. އަދި އަމިއްލައިން މުސްކާންގެ އަތްތިލަ ގެންގޮސް ރިހާންގެ އަތުގެ އިނގިލިތަކަަށް މަހާލިއެވެ. ބަދަލުގައި ރިހާން އެ އިނގިލަތަކަށް ފިތައިލިއެވެ. އަދި މުސްކާންގެ އަތްތިލަ ގެންގޮސް ރިހާންގެ ތުންފަތުގައި ޖައްސައިލަމުން ހިނިތުންވެލިއެވެ.

”އަހަރެން ބޭނުން މުސްކާން…. މިބުނީ …. މުސްކާން އަހަރެން ދޫކޮށް ނުލާނެކަމަށް ވަޢުދު ވާން ކެރޭނެތަ!“ ރިހާންގެ އަޑުގައިވަނީ އާދަޔާ ޚިލާފު ޖާދޫއެކެވެ. ހިތްތައް ކަތިލާލާފަދަ ރިހުމެކެވެ. އެ ގޮތަށް ރިހާން ބުނުމުން މުސްކާންއަށް ތެޅިގަނެވުނެވެ.

”ބުނީމެންނު ރިހާން! … އަހަރެން ރިހާން ދެކެ ވަރަށް ވަރަށް ލޯބިވޭ! ވީއިރު ކިހިނެއް ރިހާންއާ ނުލާ އަހަރެން ދިރިއުޅެނީ! ގަބޫލުކުރޭ!“

މުސްކާންގެ އަޑުގައި ވެސް ވަނީ މޮޅިވެރިކަމެވެ. އެހެންބުންޏަސް އަމިއްލަ މައިން ބަފައިން ރިހާންއާ މުސްކާން ގުޅެން އެއްބަސް ނުވެއްޖެއްޔާ މުސްކާން ގިރާކުރަންޖެހޭނީ ވަރަށް ދަތި މަރުހަލާ ތަކެކެވެ. މުސްކާންގެ އަޑު އިވުމުން އިތުރަކަށް ރިހާން ވާހަކައެއް ނުދައްކައެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރީއެވެ.

ފަހު ދުވަހު ޑޮކްޓަރ ބުނުއްވި ގޮތަށް ދާއިމީކޮށް ލޭގެ ބޭސް ކާން ޖެހޭ ގޮތަށް ބޭސް ދިނުމަށްފަހު އައިންތު ގެއަށް ދޫކޮށްލިއެވެ. ގޭގައި ކުރިން އައިންތު އުޅެމުން އައި އުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަޔަސް އެކަން ރިހާން އަށާ މުސްކާންއަށް ފާހަގަ ނުވާ ގޮތަށް ކަންތައްތައް އިންތިޒާމުކޮށްގެން އައިންތު އުޅެމުން ދިޔައެވެ.

ހަމަ ޖެހިފައިވާ ގޮތަށް އައިންތުއާ އޭނަގެ ދެކުދިންނަށް އުމުރާއަށް ދާން ބޭނުންވާ ކަންކަން ހަމަޖެހި ނިމިއްޖެއެވެ. ފާރޫގުއަށް އުމުރާވާން ދަނީ ފާރޫގުގެ ކޮއްކޮ ރަޝީދެވެ. ދަތުރުގެ ހުރިހާ ކަމެއް ނިމި އެންމެން ވެސް އިންތިޒާރުކުރަމުން އައީ ހައިދަރު ރާއްޖެ އަންނާނެ ދުވަހަކަށެވެ. އުމުރާއަށް ފުރަން ހަމަޖެހިފައިވާ ދުވަހުގެ ފަނަރަވަރަކަށް ދުވަސްކުރިން ހައިދަރުގެ ކޯސް ނިމި ރާއްޖެ އާދެވޭނެއެވެ. އެހެންނަމަވެސް ހީކުރި ގޮތަކަށް ހައިދަރު އަކަށް ރާއްޖެ އާދެވޭގޮތެއް ނުވިއެވެ. ކޯހަށް އިތުރު ދެމަސް ދުވަސް އިތުރުވީއެވެ. އެ ހިސާބުން އެ ބައި މެދުކަނޑާލާފަ ފަހުން ފުރިހަމަ ކުރަން ދާގޮތަށް ވޭތޯ ވެސް ހައިދަރު ބެއްޔެވެ. އެކަމަކު އެހެނެއް ވެސް ނުވިއެވެ. އެކަމާ އައިންތާ ރިހާން ވެސް ވަރަށް ކަންބޮޑުވިއެވެ. އެހެންނަމަވެސް މަންމަމެން އުމުރާއަށް ނުގޮސް މަޑުކުރާކަށް ހައިދަރު ބޭނުމެއް ނުވިއެވެ. ކިތަންމެ ކަންބޮޑުވެ ދެރަވެފައި ހުއްޓަސް އެކަން މަންމައަށް ނާންގައި އެންމެން އެއްކޮށް އަލުން އެހެންފަހަރަކުން ދަތުރެއް ރާވާނީއޭ ހައިދަރު ބުންޏެވެ. އަދި އެ ލާރިއަށް ކުޑާއްތަ ގެންދާށޭ ހައިދަރު ބުނުމުން އެއީ ރަނގަޅު ގޮތެއްކަމަށް އައިންތަށް ވެސް ގަބޫލުކުރެވި އެކަން އެ ގޮަތަށް ނިންމީއެވެ.

އައިންތުމެނާ އެކު ޢުމުރާއަށް ދާން މުސްކާން އެއްކުރި ލާރިކޮޅު ބައްޕަ މީހެއްގެ އަތުން ނަގާފަ އޮތް ލޯނެއް ނުދެއްކިގެން އަލުން އެހެންމީހެއްގެ އަތުން ލާރި ނަގަން އުޅޭކަން މަންމަގެ ފަރާތުން އެނގުމުން އެ ލާރިކޮޅު މުސްކާން ބައްޕައަށް ފޮނުވީއެވެ. އޭރު އުމުރާއަކަށް ދެވޭވަރަށް ވުރެ މާގިނަ ލާރި މުސްކާންއަށް އެއްކުރެވިފައި ހުއްޓެވެ. އެހެންވިޔަސް މުސްކާން އެކަމާ ވަރަށް ދެރަވިއެވެ. ރުޔެވެ. ކުރި އެ އުންމީދު މި ވަގުތަށް ނުފުދުމެންނެވެ.

ޢުމުރާއަށް ފުރަން ރިހާންމެން އޮތް ދުވަހުގެ ކުރީދުވަހު އޮފީހުން ޗުއްޓީ ނެގުމަށްފަހު ރަށަށް ދާން މުސްކާން ދަތުރު ހަދަމުން ދިޔައެވެ. އެއީ އައިންތު އެދުނު ގޮތެވެ. މުސްކާންގެ ކިޔެވުމުގެ ޗުއްޓީއާ ވެސް އެ ދުވަސްވަރު ދިމާވީމައެވެ. މުސްކާން އެކަނި އެގޭގައި ބަހައްޓާފައި ދާން އައިންތު ހިތްހަމަނުޖެހުނީމާ މުސްކާން ގާތު އެވާހަކަ އެހެން ބުނީއެވެ. ރަށަށް ދާން ދަތުރަށް ތައްޔާރު ވަމުން ދިޔަ މުސްކާންގެ ހިތް އޮތީ މުޅި އެދުވަހ ވެސް ރޮއެލަ ރޮއެލަ އެވެ. ރިހާން ނުފެނިދާ ކޮންމެ ދުވަހަކީ މުސްކާންގެ ހިތަށް ކުޅަދާނަ ނުވާ ވަރަށް ދަތިކަން ލިބޭނެ ދުވަހެކެވެ. ޢާންމު އިންސާނެއް ނަމަ ދުވާލަކު މަދުވެގެން އެންމެ ފަހަރަކު އެއަޑު އަހައިލެވުނަސް މުސްކާންއަށް ފުދުނީހެވެ. އެހެންނަމަވެސް އެހެން މީހެއްގެ އެހީއާ ނުލާ އެފަކީރަށް އެންމެ ކުޑަމިނުން ފޯނުކޯލެއް ވެސް ނުކުރެވޭނެއެވެ. އެހެން ހިތަށް އެރުމުން މުސްކާން ހިތް ކުދިކުދިވިއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެެ! މިނޫންގޮތެއް ދެއްވެވުން އެދި ހާސް ފަށުން ދުޢާ ކުރެވެއެވެ.

ރިހާންގެ ހާލު ބަލައިލާ ރިހާން އާ ވާހަކަ ދައްކާލެވޭނެ ގޮތެއް ހޯދަން މުސްކާން ބޭނުމެވެ. މުސްކާން ބޭނުންވީ ކޮންމެވެސް ގޮތަކުން ރިހާންއާ މަޝްވަރާކޮށް ހައްލެއް ލިބޭނެ މަގެއް ފެނޭތޯ ބެލުމެވެ. ދެމީހުން ދިމާވެގެން ނޫން ގޮތަކަށް އެކަން ކުރެވޭނެ ގޮތެއް ނެތެވެ.

އެންމެ ފަހުން އައިންތު އިޝާނަމާދަށް ވަން ވަގުތު ބަލައި މުސްކާން ގޮސް ވަނީ ރިހާންގެ ކޮޓަރިއަށެވެ. އޭރު ރިހާން ވެސް ވުޟޫކޮށްލައިގެން ފާހާނާއިން ނިކުންނަނީއެވެ.

”މިރޭ ބާރަ ޖަހާއިރު އަހަރެން ޓެރެސްގައި މަޑުކުރާނަން! ބޭނުން ކޮންމެހެން ވެސް މިރޭ ރިހާންއާ މުހިންމު ވާހަކައެއް ދައްކަން!“ ރިހާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި މުސްކާން ކޮޓަރިން ބޭރަށް ދެމިގަތެވެ. ރިހާން ހުރީ ހުއްޓުން އަރާފައެވެ. އަނެއްކާ މުސްކާން ރިހާންއާ ދުރަށް ދަނީބާވައެވެ. ރިހާން ދޫކޮށްލަނީ ބާވައެވެ. ރިހާންއާ ރުޅިވާން ނިންމި ވާހަކަ ބުނަން އުޅެނީބާވައެވެ. ދެއަތަކަށް ރިހާންއަށް ބޯ ހޫރައިލެވުނެވެ.

ނަމާދަށް މުސައްލަ މަތީ ހުއްޓުނު ރިހާން ނަމާދުގެ ކޮންމެ ސަޖިދައެއްގައި ތިންކަމަކަށް އެދި ދުޢާ ކުރިއެވެ. އޭނަޔާ އޭނަގެ މައިންބަފައިންގެ ފާފަ ފުއްސެވުމަށެވެ. އޭނަގެ މަންމައާއެކު ކުރަން މި ފަށާ ދަތުރު އަމާން ކުރެއްވުން އެދިއެވެ. އަދި އޭނަ އެމީހަކު ދެކެ އެންމެ ލޯބިވާ ފަރާތާއެކު ދިރިއުޅުމެއް ފެށުމަށް މިންވަރު ކޮށްދެއްވުމެވެ.

ނަމާދުކޮށް ނިމިގެން ރިހާން މުސައްލަ އޮޅައިލުމަށްފަހު ހިންދެމިލިއެވެ. އޭރު އައިންތު އައިސް ކޮޓަރީގެ ދޮރުގައި ޓަކި ދިނުމަށްފަހު ކާން އައުމަށް ރިހާންއަށް ގޮވައިލަނީއެވެ.

އެރޭ ކާން އުޅެ އުޅެ ވެސް މުސްކާން އަކަށް ނުކެވުނެވެ. އައިންތުއަށް  އެކަން ފާހަގަ ކުރެވުނެވެ.

”މުސްކާން ބަލީތަ!“ މަންމަ ކުރި ސުވާލުގެ އަޑު އިވުނު ރިހާންއަށް ހުއްޓުމެއް އައެވެ. މަންމަ މުސްކާންއާ އެސުވާލު ކުރީ ކީއްވެހެއްޔެވެ! އަނެއްކާ މުސްކާން މާބޮޑަށް ބަލިވީހެއްޔެވެ! އެކަމަކު މުސްކާން އެވާހަކައެއް ނުބުނެއެވެ. ރިހާން ވަރަށް ދެރަވިއެވެ. ދެ ލޮލަށް ފެންނަނަމަ ހަމަ އެކަނި މުސްކާންގެ މޫނަށް ބަލައިލިޔަސް އެކަން ރިހާންއަށް އެނގޭނެއެވެ.

”ކުޑަކޮށް ބޮލުގަ ރިއްސަނީ!“ މުސްކާންގެ އަޑުގައިވަނީ ރިހުމެވެ. ރިހާންއަށް ޔަގީނެވެ. އަސްލު ހަގީގަތަކީ ރިއްސަނީ މުސްކާންގެ ބޮލުގައި އެކަނި ނޫންކަމެވެ. މުސްކާން އަކީ އެހާ ފިނޑިކުއްޖެއްނޫނެވެ. ބޮލަށްވުރެ މުސްކާންގެހިތުގެ ރިހުން ބޮޑީއެވެ. އެެހެންނޫންނަމަ މުސްކާން އެހާ ފަސޭހައިން ބަލި ވާހަކައެއް ނުބުނާނެއެވެ.

”ބޭސް ގުޅައެއް ކާލަން ވީނު!“ އައިންތު ދިނީ އައިންތަށް ދެވޭނެ ލަަފައެވެ. މުސްކާން ބޯ ޖަހައިލިއެވެ.

”މިއަދު މާބުރަކޮށް އުޅުނީމަ ކަމަށްވާނީ! ބޭސްކައިގެން ގޮސް ރަނގަަޅަށް އަރާމުކޮށްލާ! ނިދާލާ! ވަރަށް ފަތިހާ ތެދުވާންވެސް ޖެހޭނެނު!“ އަނެއްކާވެސް މުސްކާން ބޯޖައިލިއެވެ. މުސްކާންގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

”ދައްތާ!… “ މުސްކާންއަށް ރޮވިއްޖެއެވެ.

”އަހަނ! މުސްކާން ރޮނީތަ!“ އައިންތުގެ އަޑާ އެކު ރިހާންއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. ކުރެވުނު ކަންތައް އެނގުނުއިރު ރިހާން ހުރީ ކޮޅަށެވެ. އޭރު އައިންތު އިނީ ރިހާންއަށް ބަލަހައްޓައިގެންނެވެ. އެހެންކަމުން ކުޑަކޮށް ކަރުކެހިލާފައި އަނެއްކާވެސް ރިހާން އިށީނީއެވެ. އައިންތުއާ ރިހާންއާ ދެމެދު ބަސްމޮޮށުމަކާ ނުލައި މިހިނގި މުޢާމަލާތް ފެނުމުން މުސްކާން ދުވެލާފަ ގޮސް ވަނީ ކޮޓަރިއަށެވެ.

ކެއި ތަށިތައް ނަގާ ދަތުރާ ގުޅޭ އިތުރު ބައެއް ކަންކަން ވެސް ކޮށްނިންމާލާފައި އައިންތު ކޮޓަރިއަށް ވަންއިރު ރިހާން ކޮޓަރިއަށް ވަންތާ ކިތަންމެ އިރެކެވެ. އޭރު މުސްކާން އޮތީ ގައިމަތީ ކަވަރު އަޅައިގެން ބިއްދޮށަށް އެނބުރިއެވެ.

މުސްކާންއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އައިންތު ހުއްޓެވެ. ދެން މަޑު މަޑުން ގުދުވެލާ މުސްކާންގެ ބޮލުގައި ފިރުމައިލިއެވެ. އެމީހުން ފުރާތީ މުސްކާން މިވަނީ ހާދަ ދެރައެކެވެ. އަނެއްކޮޅުން ރިހާން ވެސް…ރިހާން… މިވަނީ ކިހިނެއްހެއްޔެވެ! އައިންތުއަކަށް ވިސްނައެއް ނުގަނެވުނެވެ.

-ނުނިމޭ-

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ތޭވީސް ވަނަ ބައި

މާރޗް 23, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ބާވީސް ވަނަބައި

މާރޗް 20, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ވިހިވަނަ ބައި

މާރޗް 6, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން– ނަވާރަ ވަނަ ބައި

ފެބްރުއަރީ 28, 2023

Comments 1

  1. Kamana says:
    2 weeks ago

    Alhey varah reethi ekam maa kuru

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In